މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން

 

އިޢުލާން

 

 

ފުވައްމުލަކުސިޓީގެ އަވަށްތަކުގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ،

 

            ފުވައްމުލަކުސިޓީ ގައި ހިމެނޭ ދާއިރާތަކުގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން މިހިނގާ ނޮވެމްބަރ މަހުގެ 11 އަދި 12 މިދެދުވަހު ފުވައްމުލަކު ސިޓީގައި އޮންނާނެއެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.

 

ތާރީޚް

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި

ރަށް

ޒަކާތް ބެހުމުގެ މަސައްކަތްކުރާ ތަން

11 ނޮވެމްބަރު 2017 (ހޮނިހިރު)

08:30 ން 11:30 އަށް

ދަނޑިމަގު، ދިގުވާޑު، ހޯދަޑު

އުތުރު ދާއިރާ

 (ހައުސިންގ ޔުނިޓް)    

11 ނޮވެމްބަރު 2017 (ހޮނިހިރު)

14:30 ން 17:00 އަށް

މާދަނޑު، މިސްކިތްމަގު، މާލެގަން

މެދު ދާއިރާ      (ހައުސިންގ ޔުނިޓް)   

12 ނޮވެމްބަރު 2017 (އާދީއްތަ)

09:00 ން 12:00 އަށް

ދޫޑިގަން، ފުނާޑު

ދެކުނު ދާއިރާ    (ހައުސިންގ ޔުނިޓް)

 

           

           އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރެވޭނީ އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެނައުމުންނެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަކީ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުއްވި ފަރާތެއްކަމަށް ބަލައި އެފަރާތާއި ޒަކާތުގެ ފައިސާ ޙަވާލުކުރެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގެންނަވާ ނަމަ، އެފަރާތަށް ޒަކާތް ދޫކުރެވޭނީ ޒަކާތުގެ ޙައްޤުވެރިޔާގެ އިސްވެ ދެންނެވުނު ލިޔުންތަކުން ލިޔުމެއް ގެންނެވުމުންނެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑްގެ އަސްލު ގެންނެވުމުން ކަމުގައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 15 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.

 

20 ޞަފަރު  1439

09 ނޮވެންބަރު 2017
ހޯދާ