މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުވައްމުލަކު 03 އަވަށެއްގައި 2015 ގެ މުދަލު ޒަކާތް ބެހުން

އިޢުލާން

 

 

ފުވައްމުލަކުސިޓީގެ ފުނާޑް، ދޫޑިގަން އަދި ދަނޑިމަގުގައި 2015 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ،

 

            ފުވައްމުލަކުސިޓީގެ ފުނާޑު، ދޫޑިގަން އަދި ދަނޑިމަގުގައި 2015 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން މިހިނގާ ނޮވެމްބަރ މަހުގެ 11 އަދި 12 މިދެދުވަހު އައްޑޫ ސިޓީގައި އޮންނާނެއެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.

 

ތާރީޚް

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި

ރަށް

ޒަކާތް ބެހުމުގެ މަސައްކަތްކުރާ ތަން

11 ނޮވެމްބަރު 2017 (ހޮނިހިރު)

08:30 ން 11:30 އަށް

ދަނޑިމަގު

އުތުރު ދާއިރާ

 (ހައުސިންގ ޔުނިޓް)    

12 ނޮވެމްބަރު 2017 (އާދީއްތަ)

09:00 ން 12:00 އަށް

ދޫޑިގަން، ފުނާޑު

ދެކުނު ދާއިރާ    (ހައުސިންގ ޔުނިޓް)

 

           އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރެވޭނީ އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެނައުމުންނެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަކީ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުއްވި ފަރާތެއްކަމަށް ބަލައި އެފަރާތާއި ޒަކާތުގެ ފައިސާ ޙަވާލުކުރެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގެންނަވާ ނަމަ، އެފަރާތަށް ޒަކާތް ދޫކުރެވޭނީ ޒަކާތުގެ ޙައްޤުވެރިޔާގެ އިސްވެ ދެންނެވުނު ލިޔުންތަކުން ލިޔުމެއް ގެންނެވުމުންނެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑްގެ އަސްލު ގެންނެވުމުން ކަމުގައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

20 ޞަފަރު  1439

09 ނޮވެމްބަރު 2017

 

 

 

ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 15 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.

09 ނޮވެންބަރު 2017
ހޯދާ