މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަންވާރުގެ އިސްކުރުބަރިން މިސްކިތަށް ވޯކްވޭ އެޅުން

މިރަށުމަސްޖިދުލް އަންވާރުގެ ވުޟޫކުރާ އިސްކުރުބަރިން މިސްކިތާދޭތެރޭގައި ވޯކްވޭއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު(IUL)278/INDIV/2017/31: (18 އޮކްޓޫބަރު 2017) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                      ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރު 13 ވަނަ ދުވަހުގެ 13:15 އަށް  މިއިދާރާއަށް ވަޑައިގެން  މަޢުލޫމާތު  ސާފުކުރެއްވުމަށްފަހު،2017 ނޮވެމްބަރު 15 ވަނަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                      ވީމާ، މިކަން ޢާއްމުކޮ އަންގައި އިޢުލާން ކުރަމެވެ.

 

09 ނޮވެންބަރު 2017
ހޯދާ