ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ބަނދަރުން ދޫކުރާ ފެނަށް އަގުނަގާގޮތަށް ހަމަޖެއްސުން.

ނިލަންދޫ ބަނދަރުން ދޫކުރާ ފެނަށް އަގުނަގާގޮތަށް ހަމަޖެއްސުން.

ނިލަންދޫ ބަނދަރުން ކަނޑު އުޅަނދުފަހަރަށް މިހާތަނަށް ވަޅުފެން ދޫކުރަމުންދަނީ އަގެއް ނުނަގައި ޚިދުމަތެއްގެގޮތުގައެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ޚިދުމަތެއް ދެވޭނީ ޚިދުމަތުގެ އަގެއްނަގައިގެންކަމަށްވާތީ، ނިލަންދޫ ބަނދަރުން ފެންދޫކުރަން، ކައުންސިލްގެ މިދައުރުގެ 23 ވަނަ ޖަލްސާއިން ނިންމެވިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1. ނިލަންދޫ ބަނދަރުން ވަޅުފެން ދޫކުރާނީ ލިޓަރަކަށް 10 (ދިހައެއް) ލާރީގެ އަގެއް ނަގާފައެވެ.  
  2. ނިލަންދޫ ބަނދަރުން ކަނޑު އުޅަނދުފަހަރަށް ވާރޭފެން ދޫކުރާނީ އަގެއްނުނަގައެވެ. އެގޮތުން ވާރޭފެން ދޫކުރާނީ ކަނޑު އުޅަނދަކަށް ދުވާލަކު ގިނަވެގެން 40 ލިޓަރު ފެނެވެ. ވާރޭފެން ދޫކުރަންފަށާނީ މަސްމާރުކޭޓު ކައިރީގައި ބަހައްޓާފައިވާ ތާނގީތަކަށް ފެންނެގުމަށްފަހުގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

09 ނޮވެންބަރު 2017
ހޯދާ