މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް ކުރުމާ ގުޅޭ.

 

 

މިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                      ނަމްބަރު: IUL)22-E/1/2017/355) 

އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް ކުރުމާ ގުޅޭ.

 

މި މިނިސްޓްރީއިން މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-G/22/2017/63 އިއުލާނާއި ގުޅިގެން  އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 12 ނޮވެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:  

މި މަސައްކަތާއި ގުޅޭ މައުލޫމާތު އެޓޭޗްކުރެވިފައިއެވަނީއެވެ. މީގެ އިތުރުން މި މިއުލޫމާތު ހޯދުމަށް އަދި މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 11 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން  [email protected]  އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މަސައްކަތަށް ހޮވުން:

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341301، 3341318.

 [email protected] – އީމެއިލް:     

08 ނޮވެންބަރު 2017
ހޯދާ