ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

 އިއުލާން 

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުޔަށް ހިފުން:

        2018 ވަނަ އަހަރަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް އެޓޭޗް ފާހާނާ އެކުލެވޭ 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ދޭންބޭނުންވާ ފަރާތްތަކުން 14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

             19  ޞަފަރު   1439            

            08  ނޮވެމްބަރ   2017 

08 ނޮވެންބަރު 2017
ހޯދާ