މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލައިޓިންގ ،ސައުންޑް އަދި ޕްރޮޖެކްޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު

2017  ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙުތިފާލުތައް ހއ. އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން ހިންގާ އިވެންޓްތަކުގެ ލައިޓިންގ ،ސައުންޑް އަދި ޕްރޮޖެކްޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ސްޓޭޖްގެ މަޢުލޫމާތު

  • ސްޓޭޖްގެ ފްލޯ އޭރިއަރ 1500 އަކަ ފޫޓް (50’x30’)
  • ސްޓޭޖްގެ ދިގުމިން 50 ފޫޓް
  • ސްޓޭޖްގެ ފުޅާމިން  30 ފޫޓް
  • ސްޓޭޖްގެ އުސްމިން  25 ފޫޓް

ރަސްމީޖަލްސާ (16 ޑިސެމްބަރ 2017 ވަނަ ދުވަހުގެ ރޭ)

  • ރަސްމީ ޖަލްސާގެ ސްޓޭޖްގެ ސައުންޑް އާއި ލައިޓިންގ
  • ސްޓޭޖްގެ ދެއަރިމަތީގައި 02 ސްކްރީން ބަހައްޓައި  ޖަލްސާ ހިގަމުންދާއިރު ޕްރޮޖެކްޓް ކުރަންޖެހޭ ވީޑިއޯ ކްލިޕްސް އާއި ލިޔުން ޕްރޮޖެކްޓް ކުރުން
  • މިނިސްޓްރީގެ ޚަރަދުގައި ތަކެތި ގެންގޮސް ދެވޭނެއެވެ.

ސްޓޭޖް ޝޯ (15-16 ޑިސެމްބަރ 2017 ވަނަ ދުވަހާގުޅޭ)

  • މިޔުޒިކް ކުޅުމާއި، ބޮޑުބެރުޖެހުމާއި އަދި ޑްރާމާ ފަދަ ޙަރަކާތްތަކަށް ބޭނުންވާ ސައުންޑް
  •   06 ކޯޑްލަސް މައިކާއެކު
  • ލައިޓް، ފޮގް މެޝިންގ، ސްޓްރޯބް އަދި  އިފެކްޓްސް ލައިޓް ފަދަ ތަކެތި ހިމަނައިގެން ލައިޓިންގ ތައްޔާރުކުރުން.
  • މިނިސްޓްރީގެ ޚަރަދުގައި ތަކެތި ގެންގޮސް ގެނައުން ހަމަޖައްސައި ދެވޭނެއެވެ.

ރަސްމީ ޖަލްސާ އާއި ސްޓޭޖް ޝޯގެ ޓެންޓް  (16-17 ޑިސެމްބަރ 2017)

  • ރަސްމީ ޖަލްސާ އާއި ސްޓޭޖް ޝޯރވްގެ އޯޑިއަންސް ތިބުމަށް ހއ. އިހަވަންދޫ އޯޕަން ސްޓޭޖް ކުރީމަތީގައި   100 X 50 ފޫޓުގެ ޓެންޓެއް. އަމިއްލަ ތަކެތީގައި ރޫޅާ ރޭވުމުގެ މަސައްކަތާ އެކު.
  • މިނިސްޓްރީގެ ޚަރަދުގައި ތަކެތި ގެންގޮސް ގެނައުން ހަމަޖައްސައި ދެވޭނެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 15 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) އަށް ވަޑައިގެންދެއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 50 )
  • ތަޖުރިބާއަށް 40 ޕޮއިންޓް (މިފަދަ ނުވަތަ މިބާވަތުގެ އެހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339257  ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ނޮވެމްބަރ 2017

08 ނޮވެންބަރު 2017
ހޯދާ