މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުވައްމުލަކުގައި ހުކުރު ނަމާދާއި ޢީދު ނަމާދުކުރާނެ ފަރާތްތައް ހޯދުން

 

އިޢުލާން

 

ފުވައްމުލަކުސިޓީގައި، ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރާނެ ފަރާތްތައް ހޯދުން

 

ފުވައްމުލަކުސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދު ކުރާނެ ޚަތީބުން ހޯދަން ބޭނުންވެއެވެ.

ވީމާ، ހުކުރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި، ސިޓީއަކުން ފުވައްމުލަކުސިޓީގެ 3 ދާއިރާގައި ގާއިމް ކުރެވިފައިވާ ފުވައްމުލަކު ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ.

ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އިމްތިޙާނެއް ބޭއްވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- އެންމެ މަތީން ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

2- އިމާމްވެ ހުކުރު ނަމާދު ކުރުމާއި ޢީދު ނަމާދު ކުރުމުގެ ހުއްދައިގެ ކޮޕީ.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

18 ޞަފަރު 1439

 

07 ނޮވެންބަރު 2017
ހޯދާ