ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

GS-176/IUL/2017/30

 

 

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

މިސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށްޓަކައި ކުރެވުނު، ނަމްބާރ GS-176/IUL/2017/27 އިޢުލާނު އިސްލާޙް ކުރުމަށްޓަކައި، އެއިޢުލާން ބާތިލިކޮށް އަލުން އިޢުލާން ކުރަމެވެ.

 

                 2018ވަނައަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15  ނޮވެމްބާރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:30ގައި މިސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ނޮވެމްބާރ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ށް މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަމިއްލަ ފަރުދުންނަށާއި،  އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމުގައިދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ އަމިއްލަ ފަރުދުން އައި.ޑީ ކާރޑް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ.

                މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                

07 ނޮވެންބަރު 2017
ހޯދާ