އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

               1 ޖަނަވަރީ 2018ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ އިސްވެރިޔަކު ހުންނެވުމަށް 2 ކޮޓަރި(ފާހާނާއާއެކު)، ސިޓިންގް ރޫމް، ބަދިގެ އަދި ކާގެ ހިމެނޭ އެޕާޓްމަންޓެއް ކުޔަށް ހިފުމަށް ބޭނުންވެއެވެ.

               ވީމާ  ގެ  ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00  އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީ ހިސާބު ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓް ހުށައަޅުއްވަން ވާނެއެވެ.

               މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން  އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އޮފީސް އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެންބޭފުޅަކު ދުރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ސިޓީއެއް ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

           އަދި  ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް އަދި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

                                07 ނޮވެމްބަރ 2017

07 ނޮވެންބަރު 2017
ހޯދާ