ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖޭ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ފޮތްތައް ޑިޖިޓަލައިޒްކޮށް 2018 ވަނަ އަހަރުން ފެށިގެން ޑިޖިޓަލް މެޓީރިއަލް ބޭނުންކޮށްގެން ކިޔަވައިދިނުން ބައްޓަންކުރުމަށްޓަކައި ހިންގާ ޕްރޮޖެކްޓްގައި މަސައްކަތްކުރުމަށް 2 ޕްރޮގްރާމް އޮފިސަރުން ބޭނުންވެއެވެ.
މަޤާމް:- ޕްރޮގްރާމް އޮފިސަރ
ބޭނުންވާ ޢަދަދު: 2
ކޮންޓްރެކްޓް ގެ މުއްދަތު: 1 އަހަރު (އިތުރު ކުރެވޭ ގޮތަށް)
މުސާރަ: މަހަކު 12500.00 ރުފިޔާ
މި މަޤާމުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިންލިބިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި މަޤާމު ތަކަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ނޮވެމްބަރ 2017 ގެ 14:00 ގެ ކުރިން ސީ.ވީ އާއެކު ސިޓީ ފޮނުވުން އެދެމެވެ. [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
07 ނޮވެމްބަރ 2017