މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/6880 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި  -/5504 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ - 4،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ކުންފުނިން ދެމުންދާ ޚާއްސަ ޚިދުމަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.  

އެކި އެކި އަތޮޅުތަކަށާއި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކަށްވުން.

އިދާރީ މަސައްކަތްތައް ސުޕައިވައިޒްކޮށް ބެލެހެއްޓުން.

 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

 

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

ސުންގަޑި:

14 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

07 ނޮވެންބަރު 2017
ހޯދާ