ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަގާމު: އޮޑިޓަރ (ވަގުތީ)

 ބޭނުންވާ ޢަދަދު: 15

އުޖޫރަ (މަހަކަށް):

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލެވަންސް: -/2000 ރުފިޔާ

ލިވިންގ އެލަވަންސް: -/ 3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލްވަންސް: 2203/25 (އަސާސީ މުސާރައިގެ %35)

މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި

މުއްދަތު: 1.5 މަސްދުވަސް. ( ކޮމިޝަނުން ބޭނުން ވެއްޖެހިނދެއްގައި އެއްބަސްވުމުން މުއްދަތު އިތުރު ކުރެވިދާނެއެވެ.)

ފެންވަރު ނުވަތަ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތާއި ބެހޭ މަޢުލޫމާތު:

ހިއުމަން ރިސޯސް އޮޑިޓް

  • ހިއުމަން ރިސޯސް އޮޑިޓް ކުރުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ސްޓްރެޓިޖީތަކާއި، އުޞޫލުތަކާއި، އެސް.އޯ.ޕީތަކާ ޓޫލްތަކާއި އެއްގޮތަށް ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކުރުން.

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - %30
  2. މަސައްކަތުގެ ތަޖުރިބާ - %20
  3. އިންޓަރވިއު - %50

-މަސައްކަތްކުރުމުގެ ޤާބިލްކަން ހުރިމިންވަރު

- ހިއުމަން ރިސޯސް އޮޑިޓް ކުރުމާބެހޭ މައުލޫމާތު އެނގޭމިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާކަމުގެ ސިޓީ.
  2. މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  3. މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:                              

2017 ނޮވެންބަރު 14 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2017 ނޮވެންބަރު 15 އާއި 2017 ނޮވެންބަރު 20 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައ

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

17 ޞަފަރު 1439

6 ނޮވެންބަރު 2017

06 ނޮވެންބަރު 2017
ހޯދާ