ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިއަށް ބޭނުންވާ ސަޕްލައި ވިއްކާނެ ފަރާތެއް ހޯދުން

މަގުބައްތިއަށް ބޭނުންވާ ސަޕްލައި ވިއްކާނެ ފަރާތެއް ހޯދުން

ނިލަންދޫގެ މަގުތަކުގައި އަޅާފައިވާ މަގުބައްތީގެ ސަޕްލައި ބަދަލުކުރަން ބޭނުންވާތީ، 500 މީޓަރުގެ 07 ރޯލް ސަޕްލައި ( 2.5 އެމް.އެމް ގެ) ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މަގުބައްތިއަށް ބޭނުންވާ ކޭބަލް ވިއްކުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

2017 ނޮވެމްބަރު 08 ބުދަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

2017 ނޮވެމްބަރު 14 އަންގާރަ ދުވަހުގެ 11:00 ގައި

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

05 ނޮވެންބަރު 2017
ހޯދާ