ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތް 02 އަހަރު ދުވަހުގެ މުއްދަތަށް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް 02 އަހަރު ދުވަހުގެ މުއްދަތަށް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2017 ނޮވެމްބަރ 09 ވަނަ ދުވަހުގެ 1000 ގެ ކުރިން އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 ނޮވެމްބަރ 09 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ނޮވެމްބަރ 13 ވަނަ ދުވަހުގެ 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2017 ނޮވެމްބަރ 19 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ނޮވެމްބަރ 21 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ނޮވެމްބަރ 27 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344196 , 3344321
ފެކުސް: 3344633
އީމެއިލް: [email protected]
02 ނޮވެމްބަރ 2017