މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހާންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިމިނިސްޓްރީއިން ކުރި އިއުލާން ނަންބަރު IUL)22-E/1/2017/336)  އަށް އެންމެ ފަރާތެއް ހޮވިފައިވާތީ  އަލުން އިޢުލާން ކުރަމެވެ.

މަޤާމް:            ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:            2 (ދޭއް)

މަސައްކަތުގެ މުއްދަތު:   06 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ:                 މަހަކު6520 ރުފިޔާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ފެންވަރު ނުވަތަ ޝަރުތު: 

  1. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ/ ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  2. އޭ ލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން އޭ ލެވެލް އިމްތިޙާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. އޯ ލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން އޯ ލެވެލް އިމްތިޙާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަސައްކާތާ ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

  • އުފާ ޕްރޮގްރާމް އޮފީހުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި ސްކޫލްތަކާއި ކަމާބެހޭ ސެކްޝަންތަކާއެކު މަސައްކަތްކުރުން.
  • މިޕްރޮޖެކްޓްތަކުގެ މަޢުލޫމާތް އެކަށީގެންވާ ގޮތެއްގައި ސްކޫލްތަކާއި ޢާންމު ފަރާތްތަކަށް ފޯރުކޮށްދިނުން.
  • މިޕްރޮޖެކްޓްތައް ހިންގާ ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ އިތުރު ސްޕޯޓް ދިނުން.
  • މިޕްރޮޖެކްޓްތައް އިތުރަށް ކުރިއެރުވުމަށް ހުރި ކަންތައްތައް ބަލާ އެގޮތުން ޕްރޮޖެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • މިޕްރޮޖެކްޓްތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުން.
  • މިޕްރޮޖެކްޓްތަކާ ގުޅުންހުރި ރިޕޯޓްތަކާއި ލިޔެކިޔުންތައް އެކުލަވާލުން.
  • ޕްރޮޖެކްޓްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި މޮނިޓަރކޮށް އިވެލުއޭޓްކުރުން.

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެމްބަރ 2017 (ބުދަ) ގެ 13:00 ގެ ކުރިން ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341319 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.      

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  3. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ނަންބަރު : ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      [email protected]    ފޯން: ,33413163341319 

ވަޒީފާއަށް ފަރާތެއް ހޮވުން:      - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:   - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު  3341319 ނުވަތަ 3341316  އާއި ގުޅުއްވުން އެދެމެވެ.

05 ނޮވެންބަރު 2017
ހޯދާ