މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހާންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިމިނިސްޓްރީއިން ކުރި އިއުލާން ނަންބަރު IUL)22-E/1/2017/335)  އަށް އެކަށީގެންވާ ފަރާތެއް ހޮވިިފައިނުވާތީ  އަލުން އިޢުލާން ކުރަމެވެ.

މަޤާމް:           ސ. ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   06 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ:                 މަހަކު9035 ރުފިޔާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ.

ފެންވަރު ނުވަތަ ޝަރުތު: 

  1. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ/ ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  2. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ/ ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6  ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ/ ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5  ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ/ ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4  ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  5. އެޑިޔުކޭޝަން/ ޕްރޮގްރާމް މެނޭޖްމަންޓް/ ސޯޝަލްވޯރކް/ ސައިކޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4  ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސް އާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

  • ކޮންމެ ކުއްޖަކީވެސް، ސްކޫލް ދައުރު ނިމިގެންދާއިރު، ތަޢުލީމާއި ހުނަރު ލިބިފައިވާ ދަރިވަރެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެކިއެކި ޕްރޮޖެކްޓްތައް ރާވާ ހިންގުން.
  • އުފާ ޕްރޮގްރާމް އޮފީހުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި މިމިނިސްޓްރީގެ ކަމާގުޅޭ ސެކްޝަންތައް އަދި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ރޭވުން.
  • މިޕްރޮޖެކްޓްތައް ހިންގާ ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ އިތުރު ސްޕޯޓް ދިނުން.
  • ޕްރޮގްރާމް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ދުރާލާ ފިޔަވަޅުއެޅުން.
  • ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި މޮނިޓަރކޮށް އިވެލުއޭޓްކުރުން.
  •  މިޕްރޮޖެކްޓްތަކާ ގުޅުންހުރި ރިޕޯޓްތަކާއި ލިޔެކިޔުންތައް އެކުލަވާލުން.
  •  މިޕްރޮޖެކްޓްތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުން.
  • މިޕްރޮޖެކްޓްތަކާ ގުޅޭގޮތުން ޢާންމު ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތް ފޯރުކޮށްދިނުން.

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެމްބަރ 2017 (ބުދަ) ގެ 13:00 ގެ ކުރިން ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341319 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.      

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  3. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ނަންބަރު : ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      [email protected]    ފޯން: ,33413163341319 

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:   - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:   - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު  3341319 ނުވަތަ 3341316  އާއި ގުޅުއްވުން އެދެމެވެ.

05 ނޮވެންބަރު 2017
ހޯދާ