ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ކެންޓީން މަރާމާތުކުރުމަށްފަހު ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: 170-B/I/2017/114 އަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީވެ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން މަރާމާތުކުރުމަށްފަހު ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
16 ޞަފަރު 1439
05 ނޮވެމްބަރ 2017