މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މިމިނިސްޓްރީ އިންސްކޫލްތަކުގައި ޢިމާރާތް ކުރަމުންގެންދާ ހޯލްތަކަށް ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 ނަންބަރު:  IUL)22-G/22/2017/65)

 

އިޢުލާން

 

 

މިމިނިސްޓްރީ އިންސްކޫލްތަކުގައި ޢިމާރާތް ކުރަމުންގެންދާ ހޯލްތަކަށް ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  މިމިނިސްޓްރީގެ ނަންބަރ:IUL)22-G/22/2017/46)   އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލު އަންނާތީވެ އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް އިޢުލާން ކުރަމެވެ.

 

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އިން ސްކޫލަތަކުގައި ޢިމާރާތް ކުރަމުންގެންދާ ހޯލްތަކަށް ސައުންޑް ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ)  އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް

14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް

 

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.

05 ނޮވެންބަރު 2017
ހޯދާ