ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2018 ވަނަ އަހަރު ލ.އަތޮޅު ތަޢުލީމީ މަރުކަޒަށް ކުދީން ވެއްދުމާއިގުޅޭ

 

އިޢުލާނު

 

2018 ވަނަ އަހަރު ލ.އަތޮޅު ތަޢުލީމީ މަރުކަޒަށް ކުދީން ވެއްދުމާއިގުޅޭ  

           

2018 ވަނަ އަހަރު މިމަރުކަޒަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނޭގޮތް

ކުލާސް

އުމުރު ފުރާ

އެލް.ކޭ.ޖީ

2018 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިން

ޔޫ.ކޭ.ޖީ

2018 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ކުދިން

ގްރޭޑް1

2018 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 6 އަހަރުފުރި 7 އަހަރު ނުފުރޭ ކުދިން

އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު  

އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ (06 ނޮވެމްބަރ 2017 ) އިން ފެށިގެން 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. އެޕްލިކޭޝަން ފޯމާއި އެކު ދަރިވަރުގެ އައިޑީކާޑުގެ ކޮޕީއާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުއްވުންއެދެމެވެ.

ނޯޓް: ދަރިވަރުން ސްކޫލަށް ވެއްދުމުގައި އެޑްމިޝަން ޕޮލިސީގެ 04 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ސްކޫލަށް ވައްދަން އެދޭ އަހަރުގެ މާރިޗް މަހުގެ 31 ގެ ނިޔަލަށް އަހަރުފުރޭ ކުދިންނަށްވެސް އެފުރުޞަތު އޮތްވާހަކަ ދެންނެވީމެވެ.

           16 ޞަފަރު 1439

            05 ނޮވެމްބަރ 2017

05 ނޮވެންބަރު 2017
ހޯދާ