ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ލީޑިންގ ފަޔަރމަން (ހަނިމާދޫ އެއަރޕޯޓް)

އިޢުލާން

މަޤާމް:  

ލީޑިންގ ފަޔަރމަން

މަޤާމުގެ ނަންބަރު:  

 J-281922

ބޭނުންވާ ޢަދަދު:   

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:   

އެމް.އެސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:      

ފަޔަރ އެންޑް ރެސްކިއު ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް:

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

އަސާސީ މުސާރަ:  

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

އިތުރު ޢިނާޔަތްތައް: 

  1. ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

ހަނިމާދޫ އެއަރޕޯޓްގެ ، އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ފޯރުކޮށް ދިނުން.

 

  1.  ފަޔަރ ވެހިކަލް އަދި ކަމާއިބެހޭ އިކްއިޕްމެންޓްސް އޮޕަރޭޓްކުރުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން އެވަގުތަކު ޑިއުޓީގައި ހުންނަވާ އޮފިސަރަކު އަންގަވާ ގޮތަކަށް މަސައްކަތްކުރުން.
  2. އެއަރޕޯޓްގެ ވަށައިގެންވާ ފަރުގެ އެތެރޭގެ ސަރަޙައްދުގައި މަތިންދާ ބޯޓަށް ދިމާވާ ޙާދިސާ ތަކުގައި މީހުން ސަލާމަތްކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން.
  3. އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދު ޖިއޮގްރަފިކަލް މަޢުލޫމާތު ހޯދައި މަގުތަކަށް ރަގަޅަށް ފަރިތަވުމަށް ކުރަންޖެހޭ ކަންކަން ކުރުން. އަދި ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން، މިމަސައްކަތަށް ހާނުވާފައި ބޭތިއްބުމަށްޓަކައި ދެވޭ ޓްރެއިނިންގ، )ކޮންޓިނުއޭޝަން ޓްރެއިނިންގ( ޕްރޮގްރާމްގެ ދަށުންދެވޭ ހުރިހާ ޓްރެއިނިންގ އެއްގައި ބައިވެރިވުން.
  4. މަތީގައި ބުނެވިދިޔަ ޙާދިސާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް އެސް.އޯ.ޕީ އާއި އެއްގޮތަށް ޗެކްކޮށް ބެލެހެއްޓުން.
  5. ދުއްވުމާ، އޮޕަރޭޓް ކުރުމަށް ހަވާލުކުރެވިފައިވާ ވެހިކަލް ނުވަތަ އިކްއިޕްމަންޓް އަކަށް މައްސަލައެއްޖެހި މަސައްކަތަށް ބޭނުން ނުކުރެވޭފަދަ ގޮތެއް ވެއްޖެނަމަ، ސީނިއަރ އޮފިސަރ އަކަށް ވަގުތުން އެންގުން.
  6. ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން އަދި ތާވަލާއި އެއްގޮތަށް ފިޒިކަލް ޓްރެއިނިންގ ފުރިހަމަކުރުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

1. ފަޔަރ ފައިޓަރ ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަރ ފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުމާއި، 6 މަސްދުވަހުގެ ލީޑިންގ ފަޔަރމަން އޮންދަ ޖޮބް ޓްރެއިނިންގ ފުރިހަމަ ކޮށްފައިވުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގެ ރޭޓިންގ އިން ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓިފިކެޓް އޮތުމާއިއެކު އަދި އެޕްރައިސަލް އިން 80% އިން މަތީން މާކްސް ލިބިފައިވުން.

 

ނުވަތަ

2. ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރކްރާފްޓް ރެސްކިއު ފަޔަރ ފައިޓިންގެ ރޭޓިންގ އިން ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓިފިކެޓް އޮތުމާއިއެކު އަދި އެޕްރައިސަލް އިން 80% އިން މަތީން މާކްސް ލިބިފައިވުން.

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި،ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތާކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކްޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ހަނިމާދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ. ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv/downloads/7085 އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހަނިމާދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސް ދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް ، ހދ.ހަނިމާދޫ ގައެވެ.

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6520023 އެވެ.އީމެއިލް ކުރާނީ ([email protected]) އަށެވެ.

 

16  ޞަފަރު 1438

05 ނޮވެމްބަރ 2017

05 ނޮވެންބަރު 2017
ހޯދާ