ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ކަރަންޓް ބަދަލުކުރުމާއި ބެހޭ

އިއުލާން

ފަރެސްމާތޮޑާ ކައުންސިލްގެ ކަރަންޓް ބަދަލުކުރުމާއި ބެހޭ


ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 3 ފޭސް ކަރަންޓް ލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 15 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީޟެވެ.

ހުށަހަޅާ ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި "ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް 3 ފޭސް ކަރަންޓް ލުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޞަފަރު 1439

05 ނޮވެމްބަރ 2017

 

ނަސްރުﷲ މުޙައްމަދު

ކައުންސިލް ރައީސް

05 ނޮވެންބަރު 2017
ހޯދާ