ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:                            ސ. ލެބޯޓްރީ އެސިސްޓެންޓް  

މަޤަމް ނަންބަރ:                      J-119001

މަޤާމްގެ ރޭންކް:                      ޖީ އެސް 4

ކްލެސިފިކޭޝަން :                     އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ:                           5020.00

ސަރވިސް އެލަވަންސް:                 1500.00

ވަޒީފާ އަދާކުރަންޖެހޭތަން:                އއ. ހިމަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:           B ސެކްޝަން

ބޭނުންވާ ޢަދަދު:                      1

ގިންތި:                           ދާއިމީ     

ދާއިރަ:                           ސައިންސް ސްޓްރީމް ހަދާފައި ހުރުން / ލެބޯޓްރީއާއި ގުޅޭ ކޯސްތައް                     އިތުރު އިނާޔަތް:                  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                            2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                            3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ލެބޯޓްރީ އިންވެންޓްރީ ބެލެހެއްޓުން
  2. ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތައް ހޯދުން
  3. ލެބޯޓްރީތެރޭ ހުންނަ ސާމާނު ރައްކާކޮށް ބެލެހެއްޓުން
  4. ޓީޗަރުންނަށް އެކްސްޕްރިމަންޓްއަށް ތަކެތި ތައްޔާރުކޮށްދިނުން އަދި އެހީތެރިވުން
  5. ރިކޯޑް ބެލެހެއްޓުން
  6. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

ޝަރުތު:

  1. މަޤާމް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

 

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމް މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. ތައުލީމާއި ތަމްރީނަށް ލިބިފައިވާ މިންވަރު
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތު ހުނަރާއި ފެންވަރާއި ގާބިލިއްޔަތުކަން   

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެމްބަރ 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހިމަންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:     މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ

                     ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން

                     މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ       (މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ          ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30)

 ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 

 

 

އިންޓަރވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  20 ނޮވެމްބަރ 2017  އާއި 23 ނޮވެމްބަރ 2017 އާ ދެމެދު ހިމަންދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

އިތުރު މައުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިމަންދޫ ސްކޫލް ގެ ނަންބަރު 6660842 ފޯނަށް ގުޅުއްވުން އެދެމެވެ.  

05 ނޮވެންބަރު 2017
ހޯދާ