ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެތި ނީލަން ކިޔުން

އިޢުލާން

ބައުތަކެތި ނީލަން ކިޔުން

                 ތ.ކަނޑޫދޫ ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި ބޭނުންކޮށްފައި ހުރި ބައެއް އެއާރޓެލް ރިސީވަރު ތަކާއި އަދި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި ބޭނުން  ކޮއްފައި ހުރި ބައެއް ތަކެތި  ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.  މި ނީލަން ކިޔުން އޮންނާނީ 09 ނޮވެންބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތ.ކަނޑޫދޫ ކައުސްސިލްގެ އިދާރާގެ ގޯތި ތެރޭގައެވެ.

                 ނީލަން ކިއުމަށް ހަމަޖެހިފައިވާ  ތަކެތި ބައްލަވަން  ބޭނުންފުޅުވާ ފަރާތްތަކުން 06 ނޮވެންބަރ 2017 ވާ ހޯމަ ދުވަހުގެ 10:00 އިން 13:30 އާއި ދެމެދު  ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން  ތަކެތި ބެއްލެވޭނެ  އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ  14:00ގެ ކުރިން ފައިސާ ދައްކަވާ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

26 ސަފަރު 1438

30 އޮކްޓޫބަރ 2017

 

30 އޮކްޓޫބަރު 2017
ހޯދާ