ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 8" (2014 - 2016) ގައި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު

ދިވެހި ފިލްމީ  އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ޤައުމީ ފިލްމު އެވޯޑްސް" ގެ ނަން "ދިވެހި ފިލްމު އެވޯޑްސް" ގެ ނަމަށް ބަދަލުކޮށް 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް އެވޯޑް ދިނުމުގެ ހަފްލާ ޑިސެމްބަރމަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 8" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި "ދިވެހި ފިލްމު އެވޯޑްސް 8" ގެ އުޞޫލް އާއްމުކޮށް އިޢުލާންކުރަމެވެ. އެގޮތުން ފިލްމުތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 އެވެ. "ދިވެހި ފިލްމު އެވޯޑްސް 8" ގެ އުސޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް

 މާލެ، ދިވެހިރާއްޖެ

 

 

 

ދިވެހި ފިލްމް އެވޯޑްސް ގެ އުސޫލް

 

 

1. ތަޢާރުފާއި ނަން

 

ހ.    މިއީ ދިވެހި ފިލްމު އެވޯޑްސް ދިނުމުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރާ އުޞޫލްއެވެ.

 

        ށ.    މި އުޞޫލަށް ކިޔާނީ "ދިވެހި ފިލްމު އެވޯޑްސް ގެ އުޞޫލް" އެވެ.

 

 

2. މަޤްޞަދު

 

ހ.     ދިވެހި ފިލްމް އެވޯޑްސްގެ މަޤްޞަދަކީ، ދިވެހި ފިލްމީ  އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމެވެ. އަދި ފިލްމު އުފައްދާ ފަރާތްތަކުގެ ޝަރަފުގައި ދައުލަތުން ދެވޭ އެވޯޑެއްދިނުމެވެ.

 

3. މަސައްކަތް ހިންގާ ފަރާތް

 

      ދިވެހި ފިލްމު އެވޯޑްސްގެ  މަސައްކަތް  ހިންގާ ފަރާތަކީ  " ނޭޝަނަލް

      ސެންޓަރ ފޮ ދި އާޓްސް" ( އެން.ސީ.އޭ ) އެވެ.

 

 

4. މިޤަވާއިދަށް ޢަމަލުކުރަން ފަށާނެ ތަރީޚް

 

މިއުޞޫލައް ޢަމަލުކުރަންފަށާނީ ދިވެހި ފިލްމު އެވޯޑްސް ބާއްވަން އިޢުލާން ކުރާ ދުވަހުން ފެށިގެންނެވެ.  

 

 

 

 

 

5. ޤައުމީ ފިލްމު އެވޯޑްސްގެ ކަންތައް ހިންގާނެ އުސޫލު

 

            ހ.    މިއެވޯޑްސް ބާއްވާނީ މަދުވެގެން 5 ފީޗަރ ފިލްމް ބައިވެރި             ކުރުމުންނެވެ.

 

      ށ.    މިމާއްދާގެ (ހ) ގައިވާ ޝަރުތު ފުރިހަމަވެއްޖެނަމަ، މިއެވޯޑް
            ބާއްވާނީ އަހަރަކު އެއްފަހަރުއެވެ.

 

ނ.    ފިލްމްތަކަށް     އިންސާފުކޮށް    ނިމުމުން،  އެވޯޑް ދެވޭ ބައިތަކުގެ ނޮމިނޭޝަންތައް އިޢުލާންކުރަންވާނެއެވެ.

 

6. އެވޯޑުގައި ބައިވެރި ކުރެވޭނެ އުފެއްދުންތަކުގެ ބާވަތް

 

 

      ހ.    މިއެވޯޑަށް ހުށަހެޅޭނީ ދިވެހި އުފެއްދުންތަކުގެ ތެރެއިން، ފީޗަރ          ފިލްމާއި، ކުރު ފިލްމާއި އަދި ޑޮކިއުމެންޓްރީ ފިލްމެވެ.

 

      ށ.    މިއިން ކޮންމެ ކެޓަގަރީއަކުންވެސް އެވޯޑްގައި ވާދަކުރެވޭނީ   
            އެކެޓަގަރީއަކުން މަދުވެގެން 5 ފިލްމް ބައިވެރިކުރުމުންނެވެ.

 

7. ފިލްމުގެ ބާވަތްތަކުގެ ތަފްޞީލު

 

      ހ.    ފީޗަރ ފިލްމު

            ފީޗަރ ފިލްމު ކަމުގައި ބެލެވޭނީ 60 މިނެޓަށްވުރެ ދިގު               ފިލްމްތަކެވެ.

 

      ށ.    ކުރު ފިލްމު

            ކުރު ފިލްމްގެ ގޮތުގައި ބެލެވޭނީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ކުރު ފިލްމުގެ ގޮތުގައި ކްލެސިފައިކޮށްފައިވާ ކުރު ފިލްމުތަކެވެ.

 

      ނ.    ޑޮކިއުމެންޓްރީ

ޑޮކިއުމެންޓްރީ ފިލްމް ގޮތުގައި ބެލެވޭނީ، ރާއްޖޭގައި ހިނގާފައިވާ ހާދިސާއަކަށް ނުވަތަ ރާއްޖޭގެ އިޖުތިމާއީ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބޭނުންވެފައިވާ ދާއިރާއަކަށް އަލިއަޅުވާލައި ތަމްސީލު ކޮށްގެން ނުވަތަ ނުކޮށް، ނަގާފައި ހުންނަ ވީޑިއޯ، އޮރިޖިނަލް ފުޓޭޖް، ސްޓައިލްސް، އެނިމޭޝަން، ސްޓޮޕް މޯޝަން ނުވަތަ މި ނޫންވެސް މީޑިއަމްތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމެވެ. ޑޮކިއުމެންޓްރީ ފިލްމްގެ ދިގުމިން ވާން ޖެހޭނީ 25 މިނެޓާއި 50 މިނެޓާއި ދެމެދުގެ ދިގުމިނަކަށެވެ.

 

8. އުފެއްދުން ބައިވެރިކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތް

 

ހ.    މިއެވޯޑުގައި ފިލްމް  ބައިވެރިކުރުމުގެ  ޙައްޤު  އޮންނާނީ  އެފިލްމެއްގެ ޕްރޮޑިއުސަރއަށެވެ.

 

            ށ.    ފިލްމް އުފެއްދި ފަރާތުން އެހެން ފަރާތަކަށް ފިލްމް  ވިއްކާފައި             ވީނަމަވެސް އެވޯޑްގައި ފިލްމް  ބައިވެރިކުރުމުގެ ޙައްޤު
               އޮންނާނީ އެފިލްމެއްގެ ޕްރޮޑިއުސަރއަށެވެ.

 

ނ.   ޕްރޮޑިއުސަރުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމެއް ހުށަޅައި،      އެހެންފަރާތަކުން  އެ  ޕްރޮޑިއުސަރުގެ  ނަމުގައި  ފިލްމު ބައިވެރިކުރަން ހުށަހެޅިދާނެއެވެ.

 

9. އެވޯޑަށް ފިލްމު ހުށަހެޅުން

 

ހ.    މިފިލްމު އެވޯޑަށް ހުށަހެޅޭނީ 1 ޖެނުއަރީ 2014 ން 31 ޑިސެމްބަރ 2016 ށް މިއުޞޫލްގެ (12) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފިލްމުތަކެވެ.

 

ށ.    އެން.ސީ.އޭ ގެ ފަރާތުން ދޫކުރާ "ދިވެހި ފިލްމް އެވޯޑްސްގައި ބައިވެރިވުމަ އެދޭ  ފޯމު" ފުރިހަމަކޮށް، މި އުޞޫލްގެ 10 ވަނަ މާއްދާގައިވާ ތަކެއްޗާއެކު ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން 
އެން.ސީ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

      ނ.    "ދިވެހި ފިލްމް އެވޯޑްސްގައި ބައިވެރިވުމަށް އެދޭ
            ފޯމު" ގެ ނަކަލެއް މިއުޞޫލްގެ ޖަދުވަލު (1) ގައި ހިމަނާފައިވާނެއެވެ.

 

 

 

10. ބައިވެރިކުރާ ފިލްމާއެކު ހުށަހަޅަން ޖެހޭ ތަކެތި

 

      ހުށަހަޅާ  ކޮންމެ  ފިލްމަކާއެކު  އަންނަނިވި  ތަކެތި ހުށަހަޅަންޖެހޭނެއެވެ.

 

ހ.     ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ދޫކޮށްފައިވާ ކްލެސިފައި ކުރި ކަމުގެ ސެޓްފިކެޓްގެ ކޮޕީ

 

      ނ.    ފިލްމްގެ ލަވަތަކުގެ ލިރިކްސްގެ ހާޑް ކޮޕީ

 

      ރ.    ފިލްމްގެ ޕްރޮޑިއުސަރގެ އައިޑީ ކާޑް ކޮޕީއާއި ފޮޓޯ

 

      ބ.    ފިލްމުގެ ޕޯސްޓަރއާއި، އިޝްތިހާރަށް ބޭނުންކުރެވިދާނެ ފޮޓޯގެ

            ޕްރިންޓަކާއި ސޮފްޓް ކޮޕީ

 

ޅ.    ބްރޯޑްކާސްޓިންގ ކޮލިޓީގެ 30 ސިކުންތުގެ ވީޑިއޯ އިޝްތިހާރު، ބްލޫރޭ، ޑީވީޑީ، އޭވީއައި، ކްއިކްޓައިމް މޫވީ ނުވަތަ އެމްޕެގް-4 ފޯމެޓްގައި

 

ކ.    ފިލްމްގައި ބޭނުންކޮށްފައިވާ ލަވަތަކުގެ އޯޑިއޯ ސީޑީ

 

 

 

11. ބައިވެރިކުރާ ފިލްމުގެ ފޯމެޓް

 

            އެވޯޑަށް ފިލްމު ހުށަހަޅަންވާނީ ބްލޫރޭ، ޑީވީޑީ، ކްއިކްޓައިމް މޫވީ، އެމްޕެގް-4 ނުވަތަ އޭވީއައި ފޯމެޓުގައެވެ.

 

 

12. ބައިވެރިކުރާ ފިލްމުގައި ހުންނަންވީ ޝަރުތު

 

      ހ. ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކްލެސިފައި   
           ކޮށްފައިވުން.

 

            ށ.    ސިނަމާގައި، ނުވަތަ ޓީވީގެ ޒަރިއްޔާއިން، ނުވަތަ ޑީވީޑީ އަދި ޔޫޓިއުބް ފަދަ ފޯމެޓެއްގައި ޢާއްމުކޮށްފައިވުން.

 

 

13. ފީޗަރ ފިލްމުތަކުން އެވޯޑް ދޭ ބައިތައް

 

      ދިވެހި ޤައުމީ ފިލްމު އެވޯޑްސްއަށް ހުށަހެޅޭ ފީޗަރ ފިލްމުތަކުން               އިންސާފުކޮށް އެވޯޑު ދޭނީ އަންނަނިވި ބައިތަކަށެވެ.

     

      ހ.    އެންމެ މޮޅު ފިލްމް

      ށ.    އެންމެ މޮޅު ޑައިރެކްޓަރ

      ނ.    އެންމެ މޮޅު އެކްޓަރ (ފިރިހެން)

      ރ.    އެންމެ މޮޅު އެކްޓަރ (އަންހެން)

      ބ.    އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

      ޅ.    އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

                        ކ.    އެންމެ މޮޅު ނިއުކަމަރ (ފިރިހެން)

            އ.    އެންމެ މޮޅު ނިއުކަމަރ (އަންހެން)

      ވ.    އެންމެ މޮޅު ސްކްރީންޕްލޭ (އޮރިޖިނަލް)

      މ.    އެންމެ މޮޅު ސްކްރީންޕްލޭ (އެޑަޕްޓެޑް)

      ފ.    އެންމެ މޮޅު ސިނެމަޓޮގްރަފީ

      ދ.    އެންމެ މޮޅު އެޑިޓިންގ

      ތ.    އެންމެ މޮޅު ބެކްގްރައުންޑް މިޔުޒިކް ސްކޯ

      ލ.    އެންމެ މޮޅު ސައުންޑް އެޑިޓިންގ

      ގ.    އެންމެ މޮޅު ސައުންޑް މިކްސިންގ

      ޏ.    އެންމެ މޮޅު ވިޝުއަލް އިފެކްޓްސް

      ސ.    އެންމެ މޮޅު މޭކަޕް

      ޑ.    އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން

      ޒ.    އެންމެ މޮޅު އާޓް ޑައިރެކްޝަން

      ޓ.    އެންމެ މޮޅު ކޮރިއޯގްރަފީ

      ޔ.    އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ

      ޕ.     އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ

      ޖ.    އެންމެ މޮޅު ލަވަ (އޮރިޖިނަލް)

      ޗ.    އެންމެ މޮޅު ލިރިކްސް

 

14. ޑޮކިއުމެންޓްރީ ފިލްމުތަކުގެ ތެރޭން އެވޯޑް ދޭ ބައިތައް

 

      ދިވެހި ޤައުމީ ފިލްމު  އެވޯޑްސްއަށް  ހުށަހެޅޭ  ޑޮކިއުމެންޓްރީ          ފިލްމުތަކުން އިންސާފުކޮށް އެވޯޑު ދޭނީ އަންނަނިވި ބައިތަކަށެވެ.

     

      ހ.    އެންމެ މޮޅު ޑޮކިއުމެންޓްރީ

           

15. ކުރު ފިލްމުތަކުގެ ތެރެއިން އެވޯޑް ދޭ ބައިތައް

 

ދިވެހި ފިލްމު އެވޯޑްސްއަށް ހުށަހެޅޭ ކުރު ފިލްމުތަކުން އިންސާފުކޮށް އެވޯޑު ދެވޭނީ އަންނަނިވި ބައިތަކަށެވެ.

 

            ހ.    އެންމެ މޮޅު ކުރު ފިލްމު

                        ށ.    އެންމެ މޮޅު ޑައިރެކްޓަރ

            ނ.    އެންމެ މޮޅު އެޑިޓަރ

            ރ.    އެންމެ މޮޅު ސިނަމެޓޮގްރާފަރ

            ބ.    އެންމެ މޮޅު އެކްޓަރ (ފިރިހެން)

            ޅ.    އެންމެ މޮޅު އެކްޓަރ (އަންހެން)

            ބ.    އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

            ބ.    އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

 

     

 

 

 

 

 

 

 

16. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

 

މިއެވޯޑް ދެވޭނީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާ ނުވަތަ މިހާރުވެސް ކުރަމުން ގެންދާ ފަރާތަކަށެވެ. އަދި މިފަރާތް ކަނޑައަޅާނީ ކަމާބެހޭ އިސްފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ދިވެހި ފިލްމު އެވޯޑްސްގެ ސްޓިއަރިންގ ކޮމިޓީ އިންނެވެ.

 

17. ދިވެހި ފިލްމު އެވޯޑްސްގައި ބިދޭސީން ބައިވެރިވުން

 

      ދިވެހި އުފެއްދުމެއްގައި ބިދޭސީއެއްގެ މަސައްކަތެއް ހިމެނިދާނެއެވެ.  
      އެހެންނަމަވެސް އެފަރާތަކަށް މިއެވޯޑަކަށް ވާދައެއްނުކުރެވޭނެއެވެ.

 

 

18. އިންސާފު ކުރުމުގެ މަސައްކަތް ކުރާނެގޮތް

 

      ފިލްމުތައް އިންސާފުކުރުމަށް ފަނޑިޔާރުން ހަމަޖައްސާނީ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިންނެވެ. ފަނޑިޔާރުންގެ ތެރޭގައި އެން.ސީ.އޭގެ މުވައްޒަފަކު ނުހިމެނޭނެއެވެ. އަދި ފަނޑިޔާރުންގެ ގޮތުގައި މަދުވެގެން 5 އަދި ގިނަވެގެން 7 ބޭފުޅުން ހިމަނަންވާނެއެވެ.

 

 

19. ނަތީޖާ އާއި މެދު މައްސަލައެއް ހުށަހަޅައިފިނަމަ ޢަމަލުކުރާނެގޮތް

 

ހ.    ޝަކުވާއެއްވާނަމަ، ދިވެހި ފިލްމް އެވޯޑްސް ނިމޭތާ ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިކަމަށް ތައްޔާރުކޮށްފައިވާ ފޯމުގައި މައްސަލަ ހުށަހަޅަންވާނެއެވެ.

 

 

 

ށ.    މައްސަލަ  ހުށަހަޅާތާ ގިނަވެގެން ސަރުކާރު ބަންދުނޫން 30  ދުވަހުގެ  ތެރޭގައި  އެވޯޑްސް އިންތިޒާމުކުރާ ފަރާތުން  އެމައްސަލަ  ބެލުމަށްފަހު ގޮތެއް ނިންމަންވާނެއެވެ.

 

 

 

ނޯޓް: މިއުޞޫލް ކޮންމެ 3 އަހަރަކުން އެއްފަހަރު ރިވިއު ކުރަންވާނެއެވެ.

 

 

02 ނޮވެންބަރު 2017
ހޯދާ