ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

           

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS17/2017/036 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް ޝައުގްވެރިކަން ފާޅުކޮށްފައި ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަރުކަޒުގެ ސެކިޔުރިޓީ ބަލަހައްޓަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

 13 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް

2017 ނޮވެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހު 6800013 ، 7937013 ނަންބަރު ފޯނާއެވެ.

 

          13 ޞަފަރު 1439

         02 ނޮވެމްބަރ 2017

02 ނޮވެންބަރު 2017
ހޯދާ