ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ވަޒީފާގެ ފުރުޞަތު
ބޭނުންވާ އަދަދު :20

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް 

އަސާސީ މުސާރައަދި އެހެނިހެން އިނާޔަތްތައް: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ހަމަޖައްސައިދެވޭނެއެވެ. 

މަސައްކަތް ކުރަންޖެހޭތަން: ޓޭންކަރ

 

#

މަޤާމު

ބޭނުންވާ އަދަދު

މަޤާމްގެ މަސްއޫލިއްޔަތު

1

މާސްޓަރ

01 (އެކެއް)

  • އުޅަނދު، މުދާ، އަދި މުވައްޒަފުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، މިކަންތައްތަކާއި ގުޅުންހުރި އެންމެހައިކަންތަކަށް ސަމާލުކަންދިނުން.
  • ކުންފުނީގެ ޤަވާޢިދުތަކާއި، ހަމަތަކާއި، ސިއްޙީ، ސަލާމަތީ، މާޙައުލާއި، އަދި މިކަންތައްތަކާއި ގުޅުންހުރި އެންމެހައިކަންތައް ބެލެހެއްޓުން.
  • ބޯޓުގެ އެންމެހައި މީޓިންގ ތަކުގައި ކުންފުނީގެ ނިންމުންތަކާއި ކުންފުނިން ހުށަހެޅޭ ކަންތައްތަކުގެ މަޢުލޫމާތު، އުޅަދުގެ މުއައްޒަފުންނާއި ހިއްސާކުރުން.
  • ދަތުރަށް ފުރުމުގެ ކުރިން، ދަތުރަށް ބޭނުންވާ އެންމެހައިތަކެތި (ތެޔޮ، ފެން، ކާނާ، ޝިޕްސްޓޯރ، އަދި ނެވިގޭޝަން އަށްބޭނުންވާ އެންމެހައި ތަކެތި ހުރިތޯބަލާ ކަށަވަރުކުރުން.
  • ދަތުރަށްފުރުމުގެ ކުރިން ޕެސޭޖްޕްލޭން ހަދައި، އަދި ފެން ނުވަންނާނޭގޮތަށް ހުންނަންޖެހޭ އެންމެހައި ހުޅުވުންތައް ހުރީ ރަންގަޅައްތޯބަލާ އެކަން ކަށަވަރުކުރުން.
  • އުޅަނދުގެ ސްޓެބިލިޓީ ރަންގަޅުތޯބަލުމާއި، އުޅަދުގެ ސްޓްރެންތު ބަލާ އެކަން ކަށަވަރުކުރުން.
  • އުޅަނދުގެ ރަސްމީ ލިއުންތަކާއި، ކާރގޯ، ކޮރޫވ އެއްމެހައި ޑޮކިއުމަންތައް ހަމަތޯބަލާ އެކަން ކަށަވަރުކުރުން.
  • އުޅަނދަށް އަލަށް އައި މީހުންނާއި، ފޭބި މީހުން ބަލާ ޗެކްކުރުން.
  • ދަތުރުކުރަމުންދާ ސަރައްދުގެ ސަލާމަތީ ކަންތައްތައް (ޕައިރަސީ، ޓްރެފިކް، ނުރައްކާތެރި ލޮގް) ދެނިގަތުން.
  • އުޅަންދުގައި ހަދައްނޖެހޭ އެންމެހައި ޑްރިލްތައް ޤަވާޢިދުން ހަދާތޯ ބަލާ ކަށަވަރުކުރުން.
  • އަދި މިނޫނަސް ކަމާބެހޭ ްއެންމެހައި ކަންތައްތައް ހުރީ ރަންގަޅައްތޯ ބަލާ ޔަޤީންކަން ލިބިގަތުން.

2

ސެކަންޑް އެންޖިނިއަރ

01 (އެކެއް)

  • އުޅަނދުގެ އެންމެހައި މެޝިނަރީތައްހުރީ ރަނގަޅު ކޮންޑިޝަނެއްގައިތޯ ބަލާ އެކަން ޔަޤީން ކުރުން.
  • އިންޖިން ކްރޫއިންގެ ކަމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި، ކުންފުނީގެ ޕްރޮސީޖަރ، ޕޮލިސީ، އަދި ސިއްޙީ، ސަލާމަތީ، މާޙައުލާއި ބެހޭ އެންމެހައިކަންތައް ރަންގަޅަށް ބެލެހެއްޓުން.
  • ބޯޓުގެ އިންޖިނިއަރުންނަކީ، އިމަރޖެންސީ ހާލަތެއްގައި އެންމެހައި މެޝިނަރީ ހިންގޭފަދަބައެއްތޯ ބަލާ އެކަން ޔަޤީންކުރުން.
  • ބޯޓުގެ އެންމެހައި މެޝިނަރީ / އިލެކްޓްރިކްގެ ޙާލަތު ބޯޓްގެ ކެޕްޓަނަށް އަންގާ މަޢުލޫމާތުދިނުން.
  • ހަފްތާއަކު އެއްފަހަރު އިންޖީން ރޫމްއާއި މެޝިނަރީގެ ހާލަތުބަލާ މަސައްކަތާ ބެހޭގޮތުން މީޓިންގ ތައްބޭއްވުން.
  • އިންޖީންގެ ލޮގްފޮތާއި، އޮއިލް ރެކޯޑިންގ ފޮތްތައް ބަލާ ޗެކްކޮށްހެދުން.
  • އިންޖީން ރޫމާއި އަދި އިންޖިނިއަރުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ތަންތަން މޭއިންޓެނަންސްކޮށް ބެލެހެއްޓުން.
  • އުޅަނދުގެ ކުރެހުންތަކާއި އަދި އިންސްޓްރަކްޝަން މެނުއަލްް ބަލާ އަދި އަޕްޑޭޓް ކުރަންޖެހޭ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ހޮޓްވޯކް މަސައްކަތާއި، އެންކްލޯސްޕޭސްތަކުގައި ކުރާ ހޮޓްވާކް މަސައްކަތް ބެލެހެއްޓުން
  • ޓެސްޓްކުރުމަށް ކަޑައެޅިފައިވާ އުސޫލުގެމަތިން، ފަޔަރ އެލާމް، ލައިފްބޯޓް، ފަޔަރ ޑޭމްޕަސް، ސްޓޮޕްވޭލްވު، ކްއިކްކޮލޯސިން ވޭލްވު ފަދަތަކެތި ޗީފް އިންޖިނިއަރ އަށް ކަމާބެހޭ މައުލޫމާތުދީ އެކަންކުރަމުންގެންދިއުން.

3

ތާރޑް އެންޖިނިއަރ

01 (އެކެއް)

  • ތާރޑް އިންޖިނިއަރުގެ ޑިއުޓީގައި މެޝިނަރީސް އާއި އަދި މެޝިނަރީއާއި ގުޅުންހުރި އެމްމެހައި ތަކެތި ރަނގަޅު ކަނޑިޝަންގައި ބެލެހެއްޓުމަށްކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުމާއި، ޑިއުޓީ އިޚްލާސްތެރިކަމާއެކު އަދާކުރުން.
  • ތާރޑް އިންޖިނިއަރުގެ ޑިއުޓީގެ އިތުރަށް ތިރީގައިމިވާ ކަންތައްތައް ކުރަމުން ގެންދިއުން.
  • ބޮއިލަރ އާއި ބޮއިލަރާގުޅުންހުރި އެއްމެހައި ތަކެތި  ( ވޭލްވް، ލެވެލްގޭޖްތައް، ސޭފްތީ ވޭލްވް، ބޮއިލަރފެން، ފަދަތަކެތ ި)
  • މެއިން އިންޖީންގެ ކޫލިން ވޯޓަރ އާއިބެހޭ އެންމެހައި ކަންތައް ބެލެހެއްޓުން
  • ލައިފްބޯޓް މޯޓަރ ޗެކްކޮށް ބެލެހެއްޓުން.
  • އިންޖިން ސްޓާރޓްކުރުމަށް ބޭނުންވާ ވައިފުޅިތައް ބެލެހެއްޓުން.
  • އިމަރޖެންސީ ފަޔަރޕަމްޕް، އިމަރޖެންޗީ ޖެނެރޭޓަރ، ފަދަތަކެތި ހަފްތާއަކުއެއްފަހަރުބަލާ ރަނިން ކަންޑިޝަންއެއްގައި ބެހެއްޓުނ.

4

ފޯރތް އެންޖިނިއަރ

01 (އެކެއް)

  • ފޯރތު އިންޖިނިއަރުގެ ޑިއުޓީގައި މެޝިނަރީސް އާއި އަދި މެޝިނަރީއާއި ގުޅުންހުރި އެންމެހައި ތަކެތި ރަނގަޅު ކަނޑިޝަންގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، ޑިއުޓީ އިޚްލާސްތެރިކަމާއެކު އަދާކުރުން.
  • ފޯރތު އިންޖިނިއަރުގެ ޑިއުޓީގެއިތުރަށް ތިރީގައިމިވާ ކަންތައްތައް ކުރަމުން ގެންދިއުން.
  • އެވަރޕަރޭޓަރސް،އިޖެކްޓަރޕަމްޕް،މެޝިނަރީސްއާއި، ސެލިނޯމީޓަރސްބަލަހައްޓާހެދުން.
  • ލުބުއޮއިލް، ޑީސަލްއޮއިލް އަދި ފިއުލް އޮއިލް ސާފުކޮށްބެލެހެއްޓުމާއި މިއާއި ގުޅުންހުރި އެންމެހައި ތަކެތި ބެލެހެއްޓުން.

5

ސެކަންޑް އޮފިސަރ

01 (އެކެއް)

  • އުޅަނދުގެ ނެވިގޭޝަނަށް ބޭނުންވާ އެންމެހައި ސާމާނު (ސަކްސްޓަންޓް، ކޮރުނޯމީޓަރ، ރާޑަރ، އެކޯސައުންޑަރ،މެގްނެޓިކް ކޮމްޕަސް ފަދަތަކެތި ) ހުރީ ލިސްޓްކުރެވި، ހަމައަށްތޯބެލުން.
  • އަދި ދަތުރުމަތީގައި ލިސްޓްކުރެވިފައިވާ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ކެޕްޓަނަށް އެންގުން.
  • ތާރޑް އޮފިސަރުގެ ޑިއުޓީ ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ދިމާވާ އެންމެހައި ކަންތައްތައް ލޮގްފޮތުގައި ލިޔެފައި ބެހެއްޓުން،
  • އުޅަނދުގެ މެންދުރުގެ ޕޮޒިޝަން ކެޕްޓަނަށް ރިޕޯޓްކުރުން.
  • ފުރުމުގެކުރިން ދަތުރު ޕްލޭންހަދާ ކެޕްޓަނަށްދައްކާ އެ ޕްލޭން އެޕްރޫވް ކުރުމާއި ސޮއިކުރުވުން.
  • އުޅަނދުގެ ބޭސްލޮކަރުން ކްރޫއިންނަށް ދެވޭބޭހާއި މަދުވާބޭސް ބެލެހެއްޓުމާއި، މަދުވާބޭސް ކަމާބެހޭ ފަރާތުން ހޯދުން.
  • އަދި މިނޫނަސް ކަމާބެހޭ އެންމެހައިކަންތައް ފަރުވާތެރިކަމާއިއެކު ކުރުން.

6

ތާރޑް އޮފިސަރ

01 (އެކެއް)

  • ރައްކާތެރި އަމާން ދަތުރަކަށްހެދުމަށްޓަކައި، ސިއްޙީ، ސަލާމަތީ، މާޙައުލުގެ ރައްކާތެރިކަން ބެލެހެއްޓުން.
  • އުޅަނދުގެ ސަލާމަތީ އެންމެހައި ތަކެތި ޗެކުކޮށް ބެލެހެއްޓުން. އަދި އެތަކެތީގެލިސްޓެއް ތައްޔާރުކުރުން.
  • ތާރޑްއޮފިސަރުގެޑިއުޓީ ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ދިމާވާ އެންމެހައި ކަންތައްތައް ލޮގްފޮތުގައި ލިޔެފައި ބެހެއްޓުން.
  • ނެވިގޭޝަން ކަރެޝަންތައް ބަލާ ޗާޓުން އެކަންތައްތައް މާކުކޮށް ރަންގަޅުކުރުން.
  • ދަތުރު ޕްލޭންގައިވާ ކޯސްތަކާއި ދިސްޓަންސް ބަލައި، ނޫން ރިޕޯޓް ޗެކްކުރުން.
  • ބަނދަރާއި، ދަތުރުމަތީ ބޭނުންވާ އެންމެހައި ދިދަތައް ހަމައަށްތޯ ހުރީބަލާހެދުން.
  • ކުންފުނީގެ ޕްރޮސީޖަރ، އަދި އިންސްޓްރަކްޝަންމެނުއަލް ބަލާ އެތަކެއްޗަށް އަހުލުވެރިވުން.
  • އުޅަނދުގެ އެންމެހައިމީޓިންގތައް ބާއްވަންޖެހޭ ދުވަސްތަކުގައި ބާއްވާ އެކަންހިންގުން.

7

ވެލްޑަރ

01 (އެކެއް)

  • ބޯޓުގައި ވެލްޑްކުރުމަށް ބޭނުންކުރާ އިކުއިޕްމްންޓްސް އަދި އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ރިޕެއަރ އަދި މެއިންޓެނެންޝް މަސައްކަތް ކުރުން
  • އައިއެސްއެމް އަދި އެހެނިހެން ކަންތަކާއި ބެހޭ ޑޮކިއުމަންޓްތައް ރެކޯޑް ކުރުން
  • ޗީފް އިންޖިނިއަރ ގެ އިރުށާދުގެ ދަށުން މަސައްކަތް ކުރުން
  • ހޮޓްވޯކް މަސައްކަތާއި އެންކްލޯސްޕޭސްތަކުގައި ކުރާ ހޮޓްވާކް މަސައްކަތްކުރުން

8

އިލެކްޓްރިޝަން

01 (އެކެއް)

  • ބޯޓުގެ ކަރަންޓާބެހޭ އެއްމެހައިކަންތައް ޒިއްމާދާރުގޮތެއްގައި، ރިޕެއަކޮށް ބެލެހެއްޓުން.
  • ރޫޓިންމެއިންޓެނަންސްގެ ގޮތުގައި، އެއްމެހައި އިލެކްޓްރިކްތަކެތި: ޖެނެރޭޓަރ، އެއްމެހައި މޯޓަރތައް، ސްވިޗްބޯރޑުތައް، އިލެކްޓްރޯނިކް ތަކެތި، ނެވިގޭޝަން އިކުއިޕްމެންޓް، މީގެއިތުރުން އިލެކްޓްރިކް / އިލެކްޓްރޯނިކް ކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ކޮށްދިނުން.
  • ކުރެވޭމަސައްކަތްތައް، ވީކްލީ، މަންތްލީ، އަދި ކޮންމެ  6 މަސްދުވަހުން، އަހަރުދުވަހުން ލިޔެ ބެލެހެއްޓުން.
  • މިކަންތައްތަކަށް ބޭނުންވާ އެއްމެހައި ތަކެތި، ޗީފް އިންޖިނިއަރުގެ ބެލުމުގެދަށުން ހޯދައި އަދި މިތަކެތީގެ ސްޓްކްބެލެހެއްޓުން.
  • ބެޓްރީ ރޫމް، ކޮންވާޓަރ ރޫމް ސާފުތާހިރުކޮށް ބެލުމާއި، އެތަންތައް ވޯޓަރޓައިޓް ކޮށް ބެލެހެއްޓުން.

 

  • ކާރގޯ މެޝިނަރީ، ކްރޭން، ފަދަތަކެތި މަސައްކަތް ފެށުމުގެކުރިން ބަލާ ޗެކްކޮށްހެދުން.

9

އޮއިލަރ

04 (ހަތަރެއް)

  • އިންޖިންރޫމް އަދި އިންޖިންރޫމާއި، ގުޅޭ އެންމެހައި ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން،
  • ކަނޑައެޅިފައިވާ އުސޫލުގެމަތިން މެއިންޓަނެންސް މަސައްކަތްތައްކުރުން،
  • ދަތުރުމަތީގަޔާއި، ބަނދަރުގައި، އަދި ބަންކަރ ކުރާއިރު ހަމަޖެހިފައިވާގޮތައް ޑިއުޓީ އަދާކުރުން،
  • ބަންކަރު ކުރަމުންދާއިރު، ޕަންޕާއި އަދި ޕަންޕާއި ގުޅިފައިވާ ޕައިޕްލައިން ބެލެހެއްޓުން،
  • އަދި އެހެނިހެންޑިއުޓީތައް ޗީފްއިންޖިނިއަރާއި، ސެކަންޑު އިންޖިނިއަރު އަންގާ ގޮތެއްގެމަތިން ކުރުން.

10

އޭބީ

04 (ހަތަރެއް)

  • ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ރައްކާތެރިކަމާ ހުނަރުވެރިކަމާއެކު އުޅަނދުގެ އޮޕަރޭޝަނަށް އެހީތެރިކަންދިނުން،
  • ހަމަޖެހިފައިވ ާއުސޫލުތަކުގެމަތިން ބޯޓުގެ ޑިއުޓީއާއި، ޕޯޓްގެ ޑިއުޓީތައް ބެލެހެއްޓުން،
  • ހަވާލްކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން،
  • މޫރިންސްޓޭޝަންގެ މަސައްކަތްތައްކުރުން، މުދާއަރުވާ ބާލާއިރު އެހީތެރިކަންދިނުން
  • ސެކިއުޓީ އޮފިސަރ ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް، އުޅަނދުގެ އެންމެހައި ކަންތައްތައް ކުރިއަށްގެންދިއުން.

11

އޯ އެސް (އޯޑިނަރީ ސީމަން)

01 (އެކެއް)

  • ހަމަޖެހިފައިވާއުސޫލުތަކާ އެއްގޮތަށް، ރައްކާތެރިކަމާ ހުނަރުވެރިކަމާއެކު އުޅަނދުގެ އޮޕަރޭޝަނަށް އެހީތެރިކަންދިނުން،
  • ހަމަޖެހިފައިވާއުސޫލްތަކުގެމަތިން ބޯޓުގެ ޑިއުޓީއާއި، ޕޯޓްގެ ޑިއުޓީތައް ބެލެހެއްޓުން،
  • ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން،
  • މޫރިންސްޓޭޝަންގެ މަސައްކަތްތައް ކުރުން،
  • މުދާއަރުވާ، ބާލާއިރު، އެހީތެރިކަންދިނުން،
  • ސެކިއުޓީ އޮފިސަރ ހަމަޖައްސާފައިވާ އުސޫލްތަކާ އެއްގޮތަށް، އުޅަނދުގެ އެންމެހައި ކަމެއް ކުރިއަށްގެންދިއުން.

12

ކޫކް

01 (އެކެއް)

  • އުޅަނދަށް އަރުވާ، ކްރޫއިން ކެއުމަށް ބޭނުންކުރާތަކެތި ބެލެހެއްޓުމާއި، އަދި ކެއުމުގެ ކަންތައްތައްބެލެހެއްޓުން.
  • ހިފާގެންގުޅޭތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • އުކާލަންޖެހޭ ކާތަކެއްޗާއި ބަދިގޭ ކުނިބުނި ރައްކާތެރިކަމާއެކު އުކާލައި ނައްތާލުން،
  • އުޅަނދަށް ގެންނަ ކާބޯތަކެތި ލިސްޓާއި އެއްގޮތައް ހުރިތޯބަލާ ޗެކްކޮށްހެދުން.
  • ކޮންމެމަހެއް ނިމޭއިރު ޕްރޮވިޒަން ސްޓޯރުތަކުގައި ހުރި ތަކެތި ލިސްޓްކޮށް އެކަމާ ބެހޭ ފަރާތައް ހުށަހެޅުން.
  • މެސްރޫމްގައި މަސައްކަތް ކުރާ މުއައްޒަފުންގެ ސާފްތާހިރުކަމާއި ކަމާއެކަށޭނަ ހެދުމެއްގައިތޯހުރީ ބަލާ އެކަން ޔަޤީން ކުރުން.

13

ބޯސަން

01 (އެކެއް)

  • ކެޕްޓަން، ޗީފްއޮފިސަރ، އަންގާމަސައްކަތް ޑެކް ކްރޫއިން ލައްވައި ކުރުމުގެ ހުނަރުވެރިކަންހުރުމާއި ކުރަންއެނގުން،
  • ޗީފް އޮފިސަރު ދައްކާ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާ  އެއްގޮތައް ކުރޫއިން ލައްވާ ކުރުން،
  • މަސައްކަތް ކުރުމުގައި މީހާގެ ސަލާމަތާއި، ތަނުގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އެޅުން،
  • މަސައްކަތް ކުރަމުންދިއުމުގައި ދިމާވާ އެކްސިޑެންޓްތަކާއި، ލިބޭގެއްލުންތައް ވަގުތުން ޗީފްއޮފިސަރަށް ރިޕޯރޓްކުރުން.

14

މެސް ބޯއި

01 (އެކެއް)

  • ކާންތައްޔާރުކުރުމާއި، މޭޒުމަތީގެ ތަރުތީބަށް ސަމާލުކަންދިނުން.
  • އެކޮމަޑޭޝަން ސާފުތާހިރުކޮށް ބެލެހެއްޓުން.
  • އޮފިސަރުންގެ ރޫމްތަކާއި، މެސްރޫމް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ލޯންޑްރީގެކަންތައް ހަމަޖެހިފައިވާ ގޮތައް ކުރަމުންގެންދިއުން.
  • ކުކްއަށް އެހީތެރިކަންފޯރުކޮށްދިނުން.
  • މީކަންތަކުގެ އިތުރުން ކެޕްޓަނާއި، ޗީފްއޮފިސަރ އަންގާކަންތައް ކުރުން.

އެހެނިހެން އިނާޔަތްތައް

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް
  • ސަޕްލިމެންޓްރީ އެލަވަންސް
  • ޓޭންކަރ އެލަވަންސް
  • ޖީ.އެމް.ޑީ.އެސް.އެސް އެލަވަންސް

ފެންވަރު ނުވަތަ ޝަރުތު

  • ސެޓުފިކެޓު އޮފް ކޮންޕީޓެންސީ ލިބިފައިވުން
  • މިިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ގަވައިދާެއެއްގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން

އެހެނިހެން ހުނަރު / ތަޖުރިބާ

  • މަދުވެގެން 3 އަހަރު ދުވަހު ޓޭންކަރއެއްގައި އުޅެފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަގަޅު މީހެއް ކަމުގައިވުން

އެހެނިހެން ޑޮކިއުމެނޓްސް

  • މުއްދަތު ހަމަނުވާ ޕާސްޕޯރޓް
  • ސީ.ޑީ.ސީ
  • މެޑިކަލް ފިޓްނަސް ސެޓްފިކެޓް

ސުންގަޑި

މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ނޮވެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344272 / އީމެއިލް އެޑްރެސް:[email protected]

 

30 އޮކްޓޯބަރ 2017

 

30 އޮކްޓޫބަރު 2017
ހޯދާ