އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޗީފް އައި.ސީ.ޓީ އެގްޒެކްޓިވް

މަޤާމް :ޗީފް އައި.ސީ.ޓީ އެގްޒެކްޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު:

 

           ޗީފް އައި.ސީ.ޓީ އެގްޒެކްޓިވްގެ މަގާމަށް މީހަކު ހޯދުމަށް 2017 ސެޕްޓެމްބަރ 18 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު

 137-HR/IU/2017/48 އިއުލާނަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުމަށްފަހު އެ މަގާމަށް އެއްވެސް ފަރާތެއް ހޮވިފައިނުވާތީވެ، އެމަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ޗީފް އައި.ސީ.ޓީ އެގްޒެކްޓިވް

 

މަޤާމުގެ ނަންބަރު:

J-290805

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އީ.އެކްސް. 5

 

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

 

ސެކްޝަން

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

 

މަޤާމު އޮތް އޮފީސް:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

މުސާރަ:

މަހަކު -/13890 ރުފިޔާ

 

ސަރވިސް އެލެވަންސް:

ރިސްކް އެލެވަންސް:

މަހަކު -/2000 ރުފިޔާ

-/75 ރުފިޔާ ( މަސައްކަތައް ނުކުންނަ ދުވަހަކަށް)

 

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް)

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލްގެ އިންފޮމޭޝަންއާއި ގުޅުންހުރި އުސޫލްތަކާއި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުންކުރުމަށް ކަނޑައަޅާގޮތް ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، ހޮސްޕިޓަލްގައި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރަމުންދާކަން ކަށަވަރުކުރުމުގެ އެންމެހައި ކަންތައްތައްކުރުން.
  2. ހޮސްޕިޓަލަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއިި ތަރައްގީކުރުން.
  3. ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ކޮންޕިއުޓަރ ސިސްޓަމްތައް ފޯރުކޮށްެދިނުމާއި މުވައްޒަފުންނަށް ޓްރަބަލް ޝޫޓް އަދި ސަޕޯޓް ޓްރޭނިންގ ފޯރުކޮށްދިނުމުގެ އިތުރުން ހޮސްޕިޓަލްގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކަކީ ޚިދުމަތަށް ބުރޫ ނާރާގޮތަށް ފަންކްޝަންކުރާ ސިސްޓަމްތަކަކަށް ހެދުމަށްޓަކައި ސިސްޓަމްތަކަށް ބޭނުންވާ މެއިންޓަނަންސް މަރާމާތުކުރުމާިއ ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައްރާވާ ހިންގުން.
  4. ހޮސްޕިޓަލަށް ބޭނުންވާ ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި ހޮސްޕިޓަލުން ބޭނުންވާކަހަލަ ތަކެތި ގަތުމުގައި ތަކެއްޗާއި ބެހޭ މައުލޫމާތު ފައިނޭންސް / ޕްރޮކިއުމެންޓާއި ހިއްސާކުރުމުގެ އިތުރުން އިންސްޓޯލްކުރުން.
  5. ހޮސްޕިޓަލުގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޑިޕާޓްމަންޓްމަންޓުތަކުގައި ގާއިމްކުރެވިފައިވާ އެކިއެކި އައިޓީއާއި ގުޅުންހުރި ޕްރޮގްރާމަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަސް މިނިެއްގައި ހައްލުކުރުމާއި އަޕްޑޭޓްކުރުން ދެމެެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގައި ނިޒާމް ގާއިމްކުރުން.
  6. ހޮސްޕިޓަލްގެ އެކިއެކި ދާއިރާތަކުގެ ހިންގުން ތަރައްގީކުރުމަށާއި އިތުރަށް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ޑިޕާޓްމަންޓްތަކާއި ހިއްސާކުރުން. މިގޮތުން މި މަސައްކަތްކުރެވޭވަރު މަސައްކަތުގެ ފެންވަރު އަދި މަސައްކަތުގައި ހޭދަވާ ވަގުތާއި ކޮންމެ މަސައްކަތަކަށް ހިންގާ ޚަރަދުގެ މައުލޫމާތު ޑިޕާޓްމަންޓާއި ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ހިއްސާކުރުން.
  7. ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޑިޕާޓްމަންޓުގައި ޓްރޭނިންގތައް ހިންގުމާއި މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި ގައިޑަންސް ފޯރުކޮށްދިނުން. އަދި ޑިޕާޓްމަންޓުގެ މަސައްކަތަށް ބުރޫނާރާނޭހެން މުވައްޒަފުން ހަމަޖެއްސުމާއި ބެލެހެއްޓުމަށްޓަކައި ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  8. ޑިޕާޓްމަންޓުގެ މަސައްކަތްތައް ބޭނުންވާ ބަޖެޓް ހެދުމާއި ފައިސާ ބޭނުންކުރުމުގައި ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިޔަށްގެންދިއުން.
  9. ހޮސްޕިޓަލްގެ މައުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި ކޮމްޕިއުޓަރ ސިސްޓަމްއަށް ލިބިދާނެ ގެއްލުންތަކަށް ހައްލުހޯދުމުގެ ތައްޔާރީތައް ކޮށްދިނުމާއި ބެލެެހެއްޓުން.
  10. ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނުވަތަ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަންގަވާ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމުގައި ބައިވެރިވުމާއި ހިންގުން.
  11. އައިސީޓީ ޑިޕާޓްމަންޓަށް ހޯދޭ ތަކެތީގެ ތެރެއިން ޕްރިމެންޓިމް މެއިންޓަނަންސް ހަދަންޖެހޭ ތަކެތީގެ މެއިންޓަނަންސް ގަވާއިދަށް ހެދޭތޯ ކަށަވަރުކރުމާއި އައިސީޓީއާއި ގުޅުންހުރި ސިސްޓަމްތައް ނުކުންނާނޭފަދަ ނިޒާމެއް ގާއިމްކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ
  2. ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ
  3. ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން  ލިބެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ www.igmh.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3316640 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 ނޮވެމްބަރ މަހުގެ ތެރޭގައި ، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް  ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

  35 % (ތިރީސް އިންސައްތަ).

 

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

 

 

12 މުހައްރަމް 1439ހ

1 ނޮވެމްބަރު 2017މ

01 ނޮވެންބަރު 2017
ހޯދާ