ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
މި މަދަރުސާއަށް 2 ލީޑިންގ ޓީޗަރުން ބޭނުންވާކަމަށް.

     މި މަދަރުސާއަށް 2 ލީޑިންގ ޓީޗަރުން ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް: ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް )

ވަޒީފާ އޮތް އޮފީސް: އދ. ދިގުރަށު ސްކޫލް

މަޤާމުގެ ގިންތި: އެކަޑަމިކް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އދ. ދިގުރަށު މަދަރުސާ / އެކަޑަމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޓީޗަރުންނާ ގުޅޭ

- ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސުޕަވިޜަންގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

- ޓީޗަރުންގެ ކިޔަވައިދިނުން ހަރުދަނާކުރުމަށް އަހަރުތެރޭ ކޮންމެ ޓީޗަރެއްގެ 3 ލެސަން އޮބްޒާރވްކުރުމާއި، އޮބްޒާރވްކުރުމަށްފަހު ކޮންސްޓްރަކްޓިވް ފީޑްބެކްދިނުން.

- ކިޔަވައިދޭ އެއްޗެތި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމަށް ޓީޗަރުން ގެންގުޅޭ އުޞޫލްތައް (އެސެސްމަންޓް ޓެކްނިކްސް) ޗެކްކުރުން.

- ކިޔަވައިދިނުން އިޞްލާޙުކުރުމަށް ރޭވޭ ތަފާތު ޕްރޮގްރާމްތައް (ރިމީޑިއަލް، ނުވަތަ އެންރިޗްމަންޓް ނުވަތަ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުންފަދަ) ހިނގާނުހިގާގޮތް ބަލައި، އެކަން ފްލޯއަޕް ކުރުން.

- ކޯޑިނޭޝަން ބައްދަލުވުން / ޑިޕާޓްމަންޓް ބައްދަލުވުން / ސެޝަން ބައްދަލުވުން ބޭއްވުން.

- ދަރިވަރުންނާ ގުޅޭ

- ދަރިވަރުންގެ ތަމްރީން ހަދާ ފޮތްތައް ޗެކްކުރުމުގައި ޕްރިންސިޕަލަށް އެހީވުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި، ދަރިވަރުން މާއްދާތަކުން ފެއިލްވާ މިންވަރު ދަށްކުރުމަށް ތަފާތު ޕްރޮގްރާމް ރާވައި ހިންގުމުގައި ޕްރިންސިޕަލަށް އެހީވުން.

- ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމަންޓް ކުލާސްތައް ރާވައި ހިންގުން.

- ދަރިވަރުންގެ އަޚްލާޤީ ފެންވަރު ހިފެހެއްޓުމަށް ބާރުއެޅުމާއި، ސްކޫލް ތެރޭގައި ދަރިވަރުންގެ އަޚްލާޤް ހުރިނެތްގޮތް ބެލެހެއްޓުން.

އެސެމްބްލީގަޑި, ޕީއީ ނަގާ ސަރަހައްދާއި، ދަރިވަރުން ހަރަކާތްތެރިވާ އެންމެހައި ތަންތަން ކިޔެވުން ކުރިއަށްދާއިރު ސުޕަވައިޒްކުރުން.

- ކިޔަވައިދިނުމާ ގުޅޭ

- ސުޕަވިޜަންގެ ޓައިމްޓޭބަލް ތައްޔާރުކުރުމާއި، ހާޒިރުނުވާ ޓީޗަރުންގެ ގަޑިތަކަށް ސަބްސްޓިޓުޝަން ގަޑިތައް ހަމަޖެއްސުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރޭތޯ ބެލުމާއި ޗެކްކުރުން.

- ދަރިވަރުންގެ ދުވަހުގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

- ހަވާލުކުރެވިފައިވާ ގަޑިތަކަށް ތައްޔާރުވެ ގަޑިތައް ނެގުން. އަދި މި ގަޑިތަކާއި ގުޅިގެން ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުވެވޭ އެންމެހާ ޒިންމާތައް ފުރިހަމައަށް އަދާކުރުން.

އެކްސްޓްރާ ދާއިރާއާ ބެހޭ

- އެކްސްޓްރާ ހަރާތްތަކާއި ކޯކަރިކުލަރ ހަރާތްތައް ކުރިއަށްގެންދިއުމުގައި ޕްރިންސިޕަލަށް އެހީތެރިވުން.

- ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތައް ހިންގުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

ހިންގުމުގެ ދާއިރާއާ ބެހޭ

- ސްކޫލުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއެކު، ޕްރިންސިޕަލްގެ އެހީ ހޯދުމާއި، ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން.

- ތަފާތު ހަރަކާތްތަކާއި ކަންކަން ރާވައި ހިންގުމުގައި ސްކޫލުގެ މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.

- ސްކޫލް ކަލަންޑަރު އެކުލަވައިލުމުގައި ސްކޫލުގެ މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.

- ކްލާސްރޫމާއި ހޯލް، ކިޔެވުމާއި އިމްތިޙާންތަކާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

- އަޚްލާޤީ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުއެޅުން.

- ގަޑިޖެހިގެން އަންނަ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލަށް ހާޒިރުނުވާ ކުދިންނާއި ބަލިވުމުން ސްކޫލަށް ހާޒިރުނުވެވޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

- އަޚްލާޤީ ކަންކަން ރިކޯޑްކުރުން (ޑިސިޕްލިންގ ރިކޯޑް)

- އިމްތިޙާންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- އެސެމްބްލީ ރާވައި ހިންގުން.

އިތުރުގަޑިއާ ބެހޭ

- ގްރޭޑްގެ އެންމެހައި ޓީޗަރުންގެ އިތުރުގަޑީގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

- އިތުރުގަޑީގެގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު: 

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

         ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށްހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން،ނުވަތަ

9,910.00

2,500.00

         ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތައެއަށްވުރެ މަތީ ސަނަދެއްޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށްޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައްމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

 

 

 

 

 

 

ލީޑިންގ ޓީޗަރުންގެމަޤާމަށް ޓީޗަރުން ޢައްޔަންކުރާނެ ގޮތާއި، ލީޑިންގ ޓީޗަރުންނަށްޓެނުއަރޝިޕް ދޭގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭނީ ޓީޗަރެއްގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

2- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތަކީ، ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަހުގެ ޓެނުއަރއަކަށް ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ތިރީގައިމިވާ ގޮތަށް ޓީޗަރަކާ ހަވާލުކުރާ ޒިންމާއެކެވެ.

3- ލީޑިންގ ޓީޗަރގެ ޓެނުއަރ ގުނަންފެށޭނީ މަސްއޫލިއްޔަތު ހަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ.

4- ލީޑިންގ ޓީޗަރުކަމަށް ހޮވޭ ޓީޗަރުގެ ޓެނުއަރޝިޕް އެލަވަންސް ދޭން ފަށާނީ ޢައްޔަންކުރާ ތާރީޚުން ފެށިގެންނެވެ.

5- ލީޑިންގ ޓީޗަރުކަމުގެ ޓެނުއަރ ހަމަވުމުން އިޢުލާނުކުރުމެއްނެތި އައު ދައުރަކަށް ލީޑިންގ ޓީޗަރުކަމަށް އަލުން ޢައްޔަނު ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އަލުން ޢައްޔަންކުރެވޭނީ އެ މުއްދަތުގައި ކުރެވުނު އެޕްރައިޒަލްއިން އެވްރެޖްކޮށް %85 ނުވަތަ އެއަށްވުރެ މަތި ހޯދާފައިވުމާއެކު، ސްކޫލުގައި ކުރިޔަށް އޮތް ދިރާސީ އަހަރަށް ލީޑިންގ ޓީޗަރަކަށް ޖާގަ އޮތްނަމައެވެ.

6- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފު މަސްއޫލިއްޔަތުގެ ޓެނުއަރ ހަމަވުމުން، ޓީޗަރުކަމުގެ މަސްއޫލިއްޔަތަށް އެނބުރި ރުޖޫޢަވާނެއެވެ.

7- ލީޑިންގ ޓީޗަރުން ޢައްޔަންކުރެވޭނީ ޕްރައިމަރީ، ލޯވަރ ސެކަންޑަރީ، ހަޔަރ ސެކަންޑަރީއަށް ދަރިވަރުންގެ ނިސްބަތުން ވަކިންނެވެ. މިގޮތަށް ޢަމަލުކުރަން ފެށުމުން، މިވަގުތު ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އެއްވެސް ފަރާތަކަށް، އެފަރާތެއް ހިނގަމުންމިދާ ޓެނުއަރގައި، އަސަރެއް ނުކުރާނެއެވެ. ނަމަވެސް އައު ޓެނުއަރއަކަށް ޢަމަލުކުރަންފަށާނަމަ، މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

8- ލީޑިންގ ޓީޗަރގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ މެރިޓް އުސޫލުންނެވެ.

ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި ޕޮއިންޓްދޭނެގޮތް:

މެރިޓް އުސޫލު

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައިމިވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

ޕޮއިންޓް

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓްލިބޭ ދެ މުވައްޒަފުން ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފުންނަށް 2014 ވަނައަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާކުހަށާއި ޚިދުމަތުގެ މުއްދަތަށް ބެލުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- އިންޓަރވިއުއަށް ބަލައިގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 22 ނޮވެންބަރު 2017 ވާ ބުދަ ދުވަހު، އދ. ދިގުރަށު ސްކޫލްގައެވެ.

ށ. މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ފާއިތުވެދިޔަ އަހަރުތަކުގެ އެޕްރައިޒަލް މާކުހަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެނ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އދ. ދިގުރަށު ސްކޫލްގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 13 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ 13.00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަދަރުސާގެ 6680841 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ސަފަރު 1438

01 ނޮވެންބަރު 2017

01 ނޮވެންބަރު 2017
ހޯދާ