މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސަރކިއުލަރ

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންގެ ފޮޓޯ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބުމާ ގުޅިގެން، އެ މައްސަލަތައް ބެލިއިރު، ބައެއް ޗެނަލްތަކުން ފޮނުވާފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ޚިލާފު ކޮންޓެންޓެއްކަމަށް ނިންމައި، ބްރޯޑްކާސްޓްކުރުުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައިވާ ފަރާތްތަކާމެދު މި ކޮމިޝަނުން މިހާރުވާނީ ފިޔަވަޅު އަޅައިފައެވެ.

ނަމަވެސް، އެކިއެކި މުއައްސަސާތަކުގެ ވެރިންގެ ފޮޓޯތައް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް އަނެއްކާވެސް ވަނީ ލިބެން ފަށައިފައެވެ.

ވީމާ، އެކިއެކި ފަރާތްތަކުގެ ފޮޓޯއާއި އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައިވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް، އަދި ޙަޤީޤަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފުރުޞަތުގައި ވެސް އިލްތިމާސްކުރަމެވެ.

 26 ޛުލްޙިއްޖާ   1434

31 އޮކްޓޫބަރު 2013
ހޯދާ