މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމް 2017 އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

 

                                                                         އިޢުލާން

                                            

ޒުވާނުންގެ އިނާމް 2017އަށް ނަންހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

          މި މިނިސްޓްރީގެ ނަމްބަރ: IUL)141-YDE/141/2017/77) (އ17 އޮކްޓޫބަރ 2017) ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ އިޢުލާނުގައިވާ" ޒުވާނުންގެ އިނާމް 2017" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިތުރު ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ 07 ނޮވެންބަރު 2017 ދުވަހުގެ  12.00އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.             

           ވީމާ، " ޒުވާނުންގެ އިނާމް "އަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 7 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް (ވެލާނާގެ 3ވަނަ ފަންގިފިލާއަށް)

އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތުގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް: [email protected] މެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

           އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 ން މެންދުރުފަހު 13:00 އަށެވެ.  ރަށްރަށުން އެޕްލިކޭޝަންތައް ހުށަހަޅުއްވާ ފަރާތްތަކުން ރަށު ކައުންސިލް މެދުވެރިކޮށް

އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.  ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

           

                                                             11 ޞަފަރު 1439

31 އޮކްޓޫބަރު 2017
ހޯދާ