މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެޑްމިން އެންޑް ފައިނޭންސް ސެކްޝަނަށް ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވާތީ މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

 

އިޢްލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެޑްމިން އެންޑް ފައިނޭންސް ސެކްޝަނަށް ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވާތީ މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

 

  1. މަޤާމް: ސުޕަވައިޒަރ

އަދަދު: 1

މުސާރަ: 10,000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: އޯ ލެވެލް އިމްތިޙާނުން އިނގިރޭސި އަދި ދިވެހިން ފާސްވެފައިވުން، އަދި އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމް މަދުވެގެން 3 އަހަރު އަދާކޮށްފައިވުން.

 

 

  1. މަޤާމް: ކްލެރިކަލް އޮފިސަރ

އަދަދު: 2

މުސާރަ: 6000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: ގްރޭޑް 10ގެ ފެންވަރު

 

  1. މަޤާމް: މަސައްކަތު

އަދަދު: 2

މުސާރަ: 4500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: ލިޔެކިޔަން އެނގުން

 

 

 

 

މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

  • ·      ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ·      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ·      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • އައިޑި ކާޑް ކޮޕީ

 

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއިއެކުގައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،08 ނޮވެންބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން، ތިރީގައިވާ އެޑްރެހަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ.

ސިޓީއުރައިގައި އެޑްމިން އެންޑް ފައިނޭންސް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333116 (960)+

 

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

30 އޮކްޓޫބަރު 2017
ހޯދާ