މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ އިމުން ބޭރުގައި އާއި، މަގުމަގާއި ގޯޅިއަށް އަރާ ގޮތަށް ރުއްގަސް ހައްދަމުންދާތީ

އިޢްލާން

ގޯތީގެ އިމުން ބޭރުގައާއި، މަގުމަގާއި ގޯޅިއަށް އަރާ ގޮތަށް ރުއްގަސް ހައްދަމުންދާތީ

                  ދިރިއުޅުމަށްޓަކައި މިރަށުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ އިމުން ބޭރުގައި (އިމާއި ކައިރީގައި) ވަރަށް ގިނަ ފަރާތްތަކަކުން އެކިވައްތަރުގެ ގަސް އިންދާ ހައްދަމުން ގެންދާކަމާއި، އަދި ގޯތިތެރޭގައި އިންދާ ހައްދަމުން ގެންދާ ރުއްގަސް ނުވަތަ އެފަދަ ރުއްގަހުގެ ބައިތައް 08 (އަށެއް) ފޫޓަށްވުރެ ތިރިކޮށް މަގުމަގާއި ގޯޅިއަށް އަރާގޮތަށް ބަހައްޓާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެގިވަޑައިގަންނަވާނެ ފަދައިން ގޯތީގެ އިމުން ބޭރުގައި ރުއްގަސް ހެއްދުމާއި، އަދި ގޯތިތެރޭގައި ހައްދާ ރުއްގަސް ނުވަތަ އެފަދަ ރުއްގަހުގެ ބައިތައް 08 (އަށެއް) ފޫޓަށްވުރެ ތިރިކޮށް މަގުމަގާއި ގޯޅިއަށް އަރާގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި މިކަން މި ކައުންސިލުން މިދަނީ ތަކުރާރުކޮށް ރައްޔިތުންނަށް ހަނދާންކޮށްދެމުންނެވެ.

                  ވީމާ، މަތީގައި ދެންނެވުނު ގޮތަށް ގޯތީގެ އިމުން ބޭރުގައި ގަސް އިންދާ ހައްދަމުންދާ ފަރާތްތަކުން އެފަދަ ގަސްތައް ނެގުމަށާއި، އަދި ގޯތިތެރޭގައި ހައްދާފައިވާ ރުއްގަހުގެ ތެރެއިން 08 ފޫޓަށްވުރެ ތިރިކޮށް މަގުމަގާއި ގޯޅިއަށް އަރާގޮތަށް ހުރި ރުއްގަހާއި އެފަދަ ރުއްގަހުން 08 ފޫޓަށްވުރެ ތިރީގައި މަގުމަގާއި ގޯޅިއަށް އަރާފައިހުރި ބައި މިއަދުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ކޮށާ ނެގުމަށް މި ކައުންސިލުން އަންގާ ޢަމުރުކުރަމެވެ. އަދި މި ޢަމުރާއި އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނޫ) ގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އަންގަމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

26 އޮކްޓޫބަރު 2017
ހޯދާ