ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރެވި ފަލުން ދަނޑި ކެނޑުމުގެ ފުރުޞަތު ހުޅުވާލުން

މި އިޢުލާންވަނީ 26 އޮކްޓޫބަރު 2017 12:57 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށީ އެއާރޕޯޓް ސަރަހައްދު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްވަނީ ތައްޔާރުވެފައެވެ. އެސަރަހައްދަށް ވެލިއަޅާ ހިއްކަންފެށުމުގެ ކުރިން އެސަރަހައްދުގައި ހެދިފައިވާ ބުރެވި، ކުރެދި، ތަކަފަތި އަދި މަގޫ ފަދަ ތަކެތި ބޭނުންވާތީ އެފަދަ ތަކެތި ކެނޑުމުގެ ހުއްދައަށް އެދި މިކައުންސިލަށް ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅުއްވަމުން ގެންދަވާތީ، މިދެންނެވި ފަދަ ގަސްހަގާގެހި ބޭނުންވާ ފަރާތްތަކުން ކަނޑައިގެން ގެންދިއުމަކީ އެންމެ ރަގަޅުކަމެއްކަމަށް މިކައުންސިލުން ނިންމާ އެކަމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ.

ވީމާ، މިއަދުން ފެށިގެން ކުޅީ ސަރަހައްދުގައިވާ އަމިއްލަ މީސްމީހުންގެ ގަސްހަގާގެހި ފިޔަވާ އެހެނިގެން ތަކެތި ކަނޑައިގެން ގެންދިއުމަކީ އެންމެ ރަގަޅުކަމެއްކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2017
ހޯދާ