ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

c

ހަނިމާދޫ ސްކޫލް                              

ހދ. ހަނިމާދޫ، ދިވެހިރާއްޖެ                         

                                                              

 ނަންބަރ: GS60(B)/2017/35

އިޢުލާނު

 

ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

              

            މި ސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރ (18 އޮކްޓޯބަރ 2017) GS60(B)/2017/033 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްފެންނާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެންބަރ 01 ވަނަ ދުވަހުގެ 10:00އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެންބަރ 06 ވަނަ ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. 

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރ 6520533 ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

          06 ޞަފަރު 1439                           

          26 އޮކްޓޯބަރ 2017    

26 އޮކްޓޫބަރު 2017
ހޯދާ