މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ވިޔަފާރި 2 ބިން ދޫކުރުން

އިޢްލާނު

 

ރ.އަނގޮޅިތީމުގެ ބަނދަރު ސަރަޙައްދުން ވިޔާފާރި ކުރުމަށް ބިންދޫކުރުން:

ރ.އަނގޮޅިތީމު ބަނދަރުން ވިޔަފާރި ކުރުމަށް 1750 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)301-PN/301/2017/48 (26-9-2017) އިޢްލާނާއި ގުޅިގެން 2 ބިމަށް ބިޑް ހުށަހަޅައި ވަނީ ކާމިޔާބުކޮށްފައެވެ. އަދި އިތުރު 2 ބިން (ޕްލޮޓް ނަންބަރު 2 އަދި 3) ހުސްކޮށް އޮތުމުން މިބިންތަކުގައި ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. ދިގު މުއްދަތަށް ދޫކުރާ މިބިންތަކުގައި ޢިމާރާތްކޮށް، ވިޔަފާރި ކުރާނީ އަމިއްލަ ތަކެތީގައެވެ. ޢިމާރާތް ކުރާނީ މިއިދާރާއިން ކަނޑައަޅާ މަޢްލޫމާތާއި އެއްގޮތަށެވެ.  

 

މަޢްލޫމާތު ސާފުކުރުން:

  • މަޢްލޫމާތު ދިނުން އޮންނާނީ 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.
  • މަޢްލޫމާތު ސާފުކުރުމަށް ޙާޒިރުވާއިރު، ޙާޒިރުވާ ފަރާތުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.
  • ބަދަލުގައި އަންނަނަމަ، ކޮންފަރާތެއްގެ ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ފޮނުވާފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ / ރަޖިސްޓްރީ ކޮޕީ އެޓޭޗްކޮށްފައިވާ އޮންނަންވާނެއެވެ.
  • އެކަކަށް 2 ފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފެއް ނުކުރެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  09 ނޮވެމްބަރ  2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ.
  • ބިޑް ހުށަހަޅާ ފަރާތަކަށް އެހެން ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.

 

މަޢްލޫމާތު ފޯމް ވިއްކާނީ ރަސްމީ ކޮންމެ ދުވަހެއްގެ  8:00އިން ފެށިގެން 13:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. މަޢްލޫމާތު ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރ (އެއްސަތޭކަ ރުފިޔާ) އަށެވެ. ކޮންމެ ބިމަކަށް ވަކިފޯމެކެވެ. އެއް ޕްރޮޕޯސަލް އަށްވުރެ ގިނަ ޕްރޮޕޯސަލް އެކަކަށް ހުށަހެޅި ދާނެއެވެ. ނަމަވެސް އެންމެ ގިނަވެގެން އެކަކަށް އަގު / ޕްރޮޕޯސަލް ހުށަހެޅޭނީ 02 ބިމަށެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ޞަފަރު          1438  

26 އޮކްޓޯބަރ          2017  

26 އޮކްޓޫބަރު 2017
ހޯދާ