މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް ގުޅިގެން ތައްޔާރު ކޮށްފައިވާ ވޮޝް ޕެކޭޖް ލޯންޗް ކުރުމުގެ އިވެންޓް ވެލާނާގެ ތިރީ ކޮރިޑޯގައި ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، މިއިވެންޓް ބެކް ޑްރޮޕް ހެދުމާއި ސައުންޑާއި އިވެންޓް މެނޭޖުކުރުން އަދި ރިފްރެޝްމަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ  ނަންބަރު: IUL)22-PU/1/2017/333) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ފަރާތް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 10:00 ށް

2017 ނޮވެމްބަރު 05 ވަނަ ދުވަހުގެ 10:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341455, 3341436  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

25 އޮކްޓޫބަރު 2017
ހޯދާ