ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުުން މުއައްޒަފުން ބޭނުންވެއްޖެ

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :3

 

އިޢުލާނު

 

ވަޒީފާގެ ފުރުޞަޠު

 

 

 

 

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުއައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތް ޙަވާލުކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން  މުއައްޒަފުން ބޭނުންވެއްޖެ .  

 

މަޤާމް

މަސައްކަތު    

ބޭނުންވާ ޢަދަދު

3 ( ތިނެއް )

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

A

ވަޒީފާ އަދާކުރަންޖެހޭ ތަން

ހދ.ނައިވާދޫ ކައުންސިލްގެ އިދާރާ / ހދ.ނައިވާދޫ މިސްކިތް  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1 – ކައުންސިލްއިދާރާއިން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކަނޑައަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.

2 – ކައުންސިލް އިދާރާއިން ރާވާ ގޮތެއްގެ މަތިން ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތަށްގޮސް މިސްކިތާއި، ފާޚާނާއާއި،އިސްކުރު ބަރިއާއި، ވަޅުދޮށް ސާފުކުރުން

3 – މިސްކިތްފޮޅާ ސާފުކޮށް ވަޅު ދިޔަހިއްކާ ފުރާޅު ސާފުކޮށް، މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން.  

4 – ފާޚާނާ އާއި، އިސްކުރު ބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ ސާފުކޮށް ކުނި އުކާލުން ފަދަ މަސައްކަތް ކުރުން  .

5 – ކޮންމެ ދުވަހަކު މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ،ކަބަޑުތައް ފޮޅާ ސާފުކުރުން، އަދި ހޮޅިބުރު ތަކާއި، ފަންކާތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.

6 – މިސްކިތްތަކަށް ލިބެމުންދާ ގެއްލުން ޤަވާޢިދުން މުދިމު / އިމާމު އަށާއި، ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

7 – ކައުންސިލްގެ އިދާރާއާއި، މުދިމުން ހަމަޖައްސާ އުސޫލެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގެ ވިނަކޮށުމާއި،ވިނަ ނޮޅާ ސާފުކުރުން. ( މީގެ ތެރޭގައި މިސްކިތުގެ ގޯތި ތެރޭގައި ހުންނަ ޤަބްރަސްތާން ނުހިމެނެއެވެ. )

8 – ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

9 – މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން .

 

 

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

މަސައްކަތު

އެސް. އެސް. 1

 

ސަޕޯޓް ސްޓާފް ގްރޭޑް 1

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން .

 

ކޮންމެ ނަމާދު ވަގުތަކަށް -/40 ރުފިޔާ

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1 - ތަޢުލީމާއި ތަމްރީން

2 – މަސައްކަތުގެ ތަޖްރިބާ

3 – މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް

 

1 -  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2 – ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި،އީމެއިލް އެޑްރެސް އެނގޭގޮތަށް )

3 –ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށް ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ .)    އަދި މަސައްކަތު ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތް  ކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ.

4 – ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2017  ނޮވެމްބަރ  02 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އަށެވެ. އީމެއިލް މެދުވެރިކޮށްވެސް ލިޔުންތައް ބަލައި ގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރ ވިއު އޮންނާނީ ،2017 ނޮވެމްބަރ 03 އާއި، 08  އާ ދެމެދު

ހދ. ނައިވާދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރ ވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520039 ނަންބަރު ފޯނާއެވެ. އީމެއިލްކުރާނީ

[email protected]  އަށެވެ.

 

25 އޮކްޓޯބަރ 2017

 

25 އޮކްޓޫބަރު 2017
ހޯދާ