ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުުން މުއައްޒަފުން ބޭނުންވެއްޖެ

މަޤާމް :އިމާމު / މުދިމު
ބޭނުންވާ އަދަދު :3

އިޢުލާނު

ވަޒީފާގެ ފުރުޞަޠު

 

 

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުއައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތް ޙަވާލުކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން  މުއައްޒަފުން ބޭނުންވެއްޖެ .  

މަޤާމް

 އިމާމު / މުދިމު   

ބޭނުންވާ ޢަދަދު

3 ( ތިނެއް )

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

A

ވަޒީފާ އަދާކުރަންޖެހޭ ތަން

ހދ.ނައިވާދޫ ކައުންސިލްގެ އިދާރާ / ހދ.ނައިވާދޫ މިސްކިތް  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1 – ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މިސްކިތަށް ހާޟިރުވެ މިސްކިތުގެ ކަންތައްތައްބަލައި ރަނގަޅުކުރަންޖެހޭ ކަންތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދުގެ ވަގުތަށް ބަންގިގޮވުމާއި،އިމާމުވެ ނަމާދުކުރުން .

2 – މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅާ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން

3 – މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން .  

4 – މިސްކިތުގެ މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތުގެ އިމާމު / މުދިމު މިސްކިތްތެރެ ސާފުކުރުމާއި،ނަމާދުކޮށް ނިމިގެން ދަމުން މިސްކިތުގައި ދިއްލާފައިވާ ބޮކި، ހޮޅިބުރިއާއި، ފަންކާ ނިއްވުމާއި، ދޮރުތައް ލެއްޕުން.   

5 – މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން .

 

6 – ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރުނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު އިމާމުވެ މިސްކިތުގައި ކުރުން .

 

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

މުދިމު

ޖީ އެސް. 1

  އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު،
  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް  ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

ކޮންމެ ނަމާދު ވަގުތަކަށް -/48 ރުފިޔާ

އިމާމު

ޖީ.އެސް.3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު ،
  • މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ކޮންމެ ނަމާދު ވަގުތަކަށް -/56 ރުފިޔާ

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1 - ތަޢުލީމާއި ތަމްރީން

2 – މަސައްކަތުގެ ތަޖްރިބާ

3 – މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް .

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

1 -  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2 – ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި،އީމެއިލް އެޑްރެސް އެނގޭގޮތަށް )

3 –ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށް ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ .)    އަދި މަސައްކަތު ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތް  ކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ.

4 – ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2017  ނޮވެމްބަރ  02 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އަށެވެ. އީމެއިލް މެދުވެރިކޮށްވެސް ލިޔުންތައް ބަލައި ގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއުއާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރ ވިއު އޮންނާނީ ،2017 ނޮވެމްބަރ 03 އާއި،08 އާ ދެމެދު

ހދ. ނައިވާދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރ ވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520039 ނަންބަރު ފޯނާއެވެ. އީމެއިލްކުރާނީ

[email protected]  އަށެވެ.

 

     

25 އޮކްޓޯބަރ  2017    

 

 

 

               

                

 

          

25 އޮކްޓޫބަރު 2017
ހޯދާ