މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ކަނޑިތީމު ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމާއިބެހޭ

އިޢުލާން

ށ. ކަނޑިތީމު ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމާއިބެހޭ

 

މިއިދާރާއަށް ރަށު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސަޕްލައިކޮށްދޭންވީ ވެހިކަލާއި ބެހޭ މަޢުލޫމާތު:

ބާވަތް: ބެޓްރީ ރަށު ޕިކަޕް

ކުލަ: ފެހި،ނޫ،ރަތް

ޓަނޭޖް: 1200 ކިލޯ

އަގު: އަގުގެ ތެރޭގައި ވެހިކަލްގެ އަގާއި، ވެހިކަލް ކަނޑިތީމު ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ރަޖިސްޓްރީކޮށްދެވޭނެ އަގު ވަކިން އެގެން އޮންނަންވާނެވެ.

ޕޮއިންޓް ދެވޭ އުޞޫލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު

%75

އެންމެ ކުޑަ އަގު ހުށައަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން. (ވެހިކަލްގެ އަގާއި، ވެހިކަލް ކަނޑިތީމު ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ރަޖިސްޓްރީކޮށްދެވޭ އަގުތަގެ ޖުމްލަ އެއްކޮށްގެންނެވެ.)

2

މުއްދަތު

އެންމެ ކުޑަ މުއްދަތު ހުށައަޅާފަރާތަކަށް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

3

މާލީ ޤާބިލްކަން

5%

ހުށައަޅާ ލިޔުންތަކަށް ބަލާފައި:-

-  ހުށައަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 50000ރ އަށްވުރެ ދަށްނަމަ، 5 މާރކްސް

-  ހުށައަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 50000ރއިން 1 ލައްކައާއިހަމައަށް  10 މާރކްސް

-  ހުށައަޅާ ލިޔުމުގައިވާ ފައިސާގެ މިންވަރު 1 ލައްކައިން މަތިނަމަ، 15 މާރކްސް

4

ތަޖުރިބާ

5%

މިބަޔަށް މާރކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ:-

-  ސަޕްލައިކުރި ވެހިކަލްގެ އަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 1 މާރކްސް

-  މިއަދަދަށް 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 5 މާރކްސް        

 

ހުށައަޅަންޖެހޭ ތަކެތީގެ މަޢުލޫމާތު:

  1. އެސްޓިމޭޓް/ ކޯޓޭޝަން
  2. އަގުހުށައަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  3. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން
  4. ތަޖުރިބާ ބަޔާންކުރާ ލިޔުން
  5. ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
  6. ވެރިފަރާތް ފިޔަވާއެހެން ފަރާތަކުން ހުށައަށާނަމަ ވެރިފަރާތުގެ ލިޔުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2017ވާ އަންގާރަ ދުވަހުގެ 12:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. ރަށު ޕިކަޕް ސަޕްލައިކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަންޏެވެ.

މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6540041 ފޯނާ ގުޅުއްވުން އެދެމެވެ.

04 ޟަފަރު 1439

24 އޮކްޓޯބަރ 2017

24 އޮކްޓޫބަރު 2017
ހޯދާ