ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

 

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/18,000

ޕަރފޯމަންސް އެލަވަންސް: -/3,000

ފެންވަރު/ޝަރުތު

  1. ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އައި.ޓީ ނުވަތަ ކޮމްޕިއުޓަރ ސައިންސް އިން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ އެ މާސްޓާސް  ހާސިލްކޮށްފައިވުން
  2. ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  3. .NET/PHP/JAVA ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

 

 (މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލް އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.

 

މައިގަނޑު މަސައްކަތްތައް

  1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. ކޮމްޕްލެކްސް ސޮފްޓްވެއާރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.
  3. އެހެން މީހުންނާ އެކު މަސައްކަތްކޮށް އާ އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުން.
  4. ހަވާލްކުރެވޭ ޕްރޮޖެކްޓް ޓެސްޓް ކުރާނެ ގޮތް ޑިޒައިން ކޮށް އެކަން މެނޭޖް ކުރން.
  5. ސްޓޭންޑަޑްތަކާއި އެއްގޮތް ސްފްޓްވެއާރ އާއި ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.

 

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރިކޮގްނައިޒް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާއި ގުޅޭ ރެފަރެންސް.

 

ހުށަހަޅަންޖެހޭ ތާރީޙް:  މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 05 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected]) ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344000 (960) ، ފެކްސް ނަންބަރު: 3344004 (960)

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

25 އޮކްޓޫބަރު 2017
ހޯދާ