މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ލ. އަތޮޅުގައި ހުއިފިލަނޑާ މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ސެކިރިޓީ އެވެއަރނަސް ޕްރޮޕްރާމްއެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އަރުވަމެވެ.  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުޞީލު، މަސައްކަތުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގާއި ތަފުސީލު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިއިޢުލާންއާއި އެއްއުރަކުރެވިފައިވާނެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 31 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ 14:00 އަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

 

                         04 ޞަފަރު 1439

                         24 އޮކްޓޫބަރު 2017

 

24 އޮކްޓޫބަރު 2017
ހޯދާ