ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސައްކަތުގެ މަޢުލޫމާތު ޝީޓާ، ކުރެހުންތަކާއި، ބީ.އޯ.ކިއު އަދި އަގު ހުށަހަޅާ ފޯމް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 06 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 07 ނޮވެމްބަރ 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

4 ޞަފަރު     1439 

24 އޮކްޓޫބަރު   2017

24 އޮކްޓޫބަރު 2017
ހޯދާ