ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޭ.އެފް.ސީ "ބީ" ލައިސެންސް ކޯޗިންގ ކޯސް މާލޭގައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ                             

 

 

                                                                                                                                                                           ނަންބަރު:FAM/IUL/2017/025

 

އިއުލާން

              05 ނޮވެމްބަރ އިން 24 ނޮވެމްބަރ 2017 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ "ބީ" ލައިސެންސް ކޯޗިންގ ސެޓްފިކެޓް ކޯސް، މިހާރު 17 ޑިސެމްބަރ 2017 އިން 05 ޖެނުއަރީ 2018 ގެ ނިޔަލަށް ބެއްވުމަށް ވަނީ ފަސްކުރެވިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 12 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/5،000ރ (ފަސްހާސް ރުފިޔާ) ދައްކަންވާނެއެވެ.

        މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.           

              23 އޮކްޓޯބަރ 2017    

 

23 އޮކްޓޫބަރު 2017
ހޯދާ