ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

              މިރަށުގެ ބައެއް މަގުތަކުގައި މަގުބައްތި ޖެހުމަށްޓަކައި، ބައްތީގެ ދަނޑި ތައްޔާރުކޮށްދޭނެ ފާރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު 269/2017/69 (12 އޮކްޓޯބަރ 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

              ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2017 އޮކްޓޯބަރ 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކުފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

              މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520046 ފޯނާ ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

23 އޮކްޓޫބަރު 2017
ހޯދާ