މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :5

މުސާރަ:

 މަހަކު -/5،380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

ޖީ.ސީ.އީ. އޭލެވެލް 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

 

ނުވަތަ ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސްވެފައިވުން އަދި ސާނަވީ އިމްތިޙާނުން ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ފާސް ލިބިފައިވުން (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) އަދިމަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކުންފުނިން ދެވޭ ޚިދުމަތްތަކަށް މި ކުންފުނީގެ ޓެރިފްއާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ  ބަލައިގަނެ ރަސީދު ދޫކުރުން.

- ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް ނުވަތަ ޗެކްކޮށް ފައިސާ ޖަމާކުރުން

- ފައިސާގެ ޑެއިލީ ރިޕޯޓް ނިމޭ ދުވަހުގެ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރެވޭގޮތަށް ލިޔުންތައް ނިންމުން.

- ކްރެޑިޓްގެ ގޮތުގައި ވެރިން ހުއްދަދީފައިވާ ފަރާތްތަކަށް ކްރެޑިޓްގެ ޚިދުމަތްދޭ ލިޔެކިޔުންތަކަށް ބިލް ހެދުން.

- ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް އެކްޕެކަށް އެންޓަރ ކުރުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން :

 ފައިނޭންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

  • 02 މުވައްޒަފުން ވަޒީފާ އަދާކުރަން ހަމަޖެހިފައިވަނީ އެމް.ޕީ.އެލްގެ ހުޅުމާލެ ޓާރމިނަލްގައެވެ.
  • 03 މުވައްޒަފުން މަސައްކަތްކުރާނީ އެމް.ޕީ.އެލްގެ މާލެ ސައިޓުތަކުގައެވެ.

ސުންގަޑި:

29 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

23 އޮކްޓޫބަރު 2017
ހޯދާ