ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

ގެއެއް ކުއްޔަށް ހިފުން

                  މިސްކޫލްގެ ނަމްބަރ (12 އޮކްޓޯބަރ 2017) GS-65-A/2017/23   އިޢުލާންއާއި ގުޅިގެން އެއްފަރާތަކުން މަޢުލޫމާތު ސާފްކުރުމަށް ހާޟިރުވެފައިވާތީ ،2018 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.  

  • 3 ނިދާކޮޓަރި ( ފަރުނީޗަރާއި)
  • ފާޚާނާ ( ފާޚާނާގެ ފިޓިންގސް އާއި އެކު )
  • މަދުވެގެން 2 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
  • ސިޓިންގރޫމް ( ފަރުނީޗަރާއި އެކު )
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން
  • ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ބަދިގެ ( ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ، ހިފައިގެންގުޅޭ ސާމާނާއެކު )
  • ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.

ވީމާ، ގެ ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލުގެ އޮފީސް

01 ނޮވެމްބަރ 2017

ބުދަ

10:30

އަންދާސީހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލުގެ އޮފީސް

05 ނޮވެމްބަރ 2017

އާދިއްތަ

10:30

            ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  03 ޞަފަރު 1439

                  23 އޮކްޓޯބަރ 2017

23 އޮކްޓޫބަރު 2017
ހޯދާ