ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސ. މަރަދޫއިން ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމާ ބެހޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭނުމަށް ސ. މަރަދޫއިން ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު  198F/2017/48 އިޢުލާނާ ގުޅިގެން ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ ގެތަކުގައި ފަރުނީޗަރު ހުރުމާއެކު، ކުއްޔަށް ހިފަނީ ކޯޓު ޢީމާރާތެއް ހިންގަން ކަމަށްވާތީ، ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާތިލް ކޮށް އެކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުންލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް:29 އޮކްޓޫބަރު 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު

03 ޞޮފަރު    1439

23 އޮކްޓޫބަރު   2017 

23 އޮކްޓޫބަރު 2017
ހޯދާ