ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މަސައްކަތް |
މިކުންފުނީގެ ހުޅުމާލޭގެ އައުޓްލެޓެއްގެ ބައެއްގައި ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ކަމާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް، 2017 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުގެ 13:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ - އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ - ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ. - އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން - ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.
|
އަންދާސީ ހިސާބު ހުށަހެޅުން: |
އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " ހުޅުމާލޭގެ އައުޓުލެޓެއްގެ ބައެއް މަސައްކަތްކޮށް ދިނުމާއިބެހޭ" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
|
ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު: |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009271 ނަންބަރު ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
02 ޞަފަރު 1438 22 އޮކްޓޫބަރު 2017 |