މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް / މ.މުލަކު ޞިއްހީ މަރުކަޒު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މ.މުލަކު ޞިއްހީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަގާމު:

އެޓެންޑެންޓް

މަޤާމުގެ ނަމްބަރ:

J-254718

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން:

-

މަޤާމް އޮތް އޮފީސް:

މ.މުލަކު ޞިއްހީ މަރުކަޒު / މ.މުލައް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މ.މުލަކު ޞިއްހީ މަރުކަޒު / މ.މުލައް

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކު ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒުގެ އިމާރާތުގެ އެންމެހާ ތަންތައް ކުނިކަހާ މޮޕުލައި ސާފުކުރުން.
  2. ޞިއްޙީމަރުކަޒުގެ ފާހާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  3. ޞިއްޙީމަރުކަޒުގައި ބޭނުން ކުރަމުންދާ ހުރިހާ އެއަރ ކޯން ( އިންޑޯރ އަދި އައުޓްޑޯރ ) އެތަކެތި ސާފް ކުރުމަށް އަންގާފައިވާ އިންސްޓްރަކްޝަންއާއި އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.
  4. ޞިއްޙީމަރުކަޒުގައި ބޭނުން ކުރަމުންދާ ފަންކާތައް ސާފުކޮށް ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒުގެ ފާރުތަކާއި ދޮރުފަތްތަކުގެ ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.
  6. ބަލި މީހުން ބައިތިއްބާ ވޯޑުގައި ބަލިމީހުން ބޭއްވުމަށް ހަމަޖެހިފައިވާ އެނދުތައް ބަލިމީހުން ބޭއްވުމުގެ ކުރިން ތައްޔާރުކުރުން.
  7. ބަލި މީހުންނަށް ބޭނުންކުރެވޭ ބެޑްޕޭން، ޔުރިނަލް ކިޑްނީޓްރޭ ފަދަ ތަކެތި ކޮންމެ ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ދޮވެ ސާފުކުރުން.
  8. ބަލިމީހުންނަށް ބޭނުން ކުރާ ބެޑްޝީޓް ބާލީހު އުރަ ގައުން ތުވާލި ފަދަ ތަކެތި ހަޑިވުމުން ދޮވުމަށް ލޯންޑްރީއަށް ގެންދިއުމާއި ދޮވެ އިސްތިރިކުރުން.
  9. އިންޖެކްޝަން ޖަހާ ކައްޓާއި ބޭނުންކުރެވޭ ތިލައާއި ހުރިހާ ބާވަތެއްގެ ތޫނުތަކެތި ރައްކާތެރިކަމާއެކު އެތަކެއްޗަށް ޚާއްޞަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ރައްކާތެރިކަމާއިއެކު ނައްތާލުން.
  10. ޞިއްޙީމަރުކަޒުގެ އެތެރެއިން އުފެދޭ ކުނިބުނި ނައްތާލުމަށް ޚާއްޞަކޮށްފައިވާ ތަނަށް ގެންގޮސް ރައްކާތެރިކަމާއިއެކު ދުވަހުން ދުވަހަށް އަންދާ ނައްތާލުން.
  11. ލޭބަރރޫމްގައި ބޭނުންކުރެވޭ ހުރިހާ މައުދަނުގެ ތަކެތި ހަފްތާއަކު އެއްފަހަރު ދޮވެސާފުކޮށް ބެލެހެއްޓުން.
  12. ހަފްތާއަކު އެއްފަހަރު ލޭބަރރޫމްގައިހުންނަ ފައިވާންތައް ދޮވެސާފުކުރުން.
  13. ނަރުހުން އޯ.ޕީ.ޑީ އާއި ވޯޑުތަކުގައި މަސައްކަތް ކުރާއިރު އެހީތެރިވެ ދިނުން.
  14. ޕޯޓަރުންގެ ގޮތުގައި ބަލިމީހުން އުފުލަން ޖެހޭ ޙާލަތް ތަކުގައި ބަލިމީހުން އުފުލުން. ( ވީލް ޗެއަރގައާއި ޕޭޝަންޓް ޓްރޮލީގައި )
  15. ފޮޅާ ސާފު ކުރުމާއި ދޮވެ އިސްތިރި ކުރުމަށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓްކުރުމާއި ހަމަކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމްގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޚަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މ.މުލަކު ޞިއްހީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން، މ.މުލަކު ޞިއްހީ މަރުކަޒުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ނޮވެމްބަރ 2017 އާއި 09 ނޮވެމްބަރ 2017 އާ ދެމެދު، މ.މުލަކު ޞިއްހީ މަރުކަޒުގެ އޮފީހުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ %30

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6720592 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

19 އޮކްޓޫބަރު 2017
ހޯދާ